29 މެއި 2024: ކިކްސް މޯލްޑިވްސް އަޕްޓޭކް ފޯރަމް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ތައުލީމީ ދާއިރާގެ ދިރާސާތަކާ ގުޅޭ ފޯރަމެއް ވިލާ ކޮލެޖުން ބާއްވައިފި
ތަޢުލީމީ ދާއިރާގައި ދިރާސާކުރާ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ވިލާ ކޮލެޖުން "ކިކްސް މޯލްޑިވްސް ނެޝަނަލް އަޕްޓޭކް ފޯރަމް 2024" ބާއްވައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ކުރިއަށް ގެންދިޔަ މި ފޯރަމްގެ މަގުސަދަކީ އެކި ހޯދުންތަކާ ގުޅޭ މަޝްވަރާތައްކޮށް އެ ހޯދުންތަކާ ގުލޭ ދިރާސާތަކަށް މާލީ އެހީތެރިކަން ހޯދުމެވެ.
ތަފްސީލް- އިއްޔެގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމަށް ޒަމާނީ ކުރިއެރުން ގެނައުމަށް މިފަދަ ފޯރަމްތައް މުހިއްމު ކަމަށެވެ.
އިއްޔެގެ ފޯރަމްގައި 50 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވި އިރު އޭގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ތައުލީމީ ދާއިރާގައި މަސަައްކަތްކުރައްވާ ބޭފުޅުންނާއި މި ދާއިރާގެ ޕްރައިވެޓު އިންސްޓިޓިއުޝަން ތަކުން ބައިވެރިވި އެވެ.
މީގެ އިތުރުން ޖީޕީއޭ އަށް ފަންޑުކޮށްދޭ ކެނެޑިއަން އިންޓަނޭޝަނަލް ޑިވެލޮޕްމެންޓު ރިސާޗު ސެންޓަރުންވެސް މި ފޯރަމްގައި ބައިވެރިވި އެވެ.