ދެކުނުގެ ހުރިހާ އަތޮޅެއް އާރުޓީއެލް ފެރީގެ ނިޒާމުން ގުޅާލުން (ފޮޓޯ/އެމްޓީސީސީ)

އާރުޓީއެލް ފެރީ

އަންނަ މަހު ތެރޭގައި ނ. އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ދެނީ

ނ. އަތޮޅުގެ އިތުރުން ކުރިއަށް އޮތް މަސްތަކުގައި ރ. އަތޮޅާއި ބ. އަތޮޅުގައި ވެސް ހިދުމަތް ފެށުމަށް ވަނީ ނިންމާފައި

އަންނަ ޖޫން މަހުގެ ތެރޭގައި އާރުޓީއެލް ފެރީގެ ހިދުމަތް، ނ. އަތޮޅުގައި ދޭން ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - ސަރުކާރުގެ ހައި ސްޕީޑް ފެރީގެ ހިދުމަތް، ނ. އަތޮޅާއި ރ. އަތޮޅު އަދި ބ. އަތޮޅުގައި ދޭން ނިންމައި، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭރު ސަރުކާރުން ބުނީ މި އަހަރުގެ ތެރޭގައި ފެރީގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ، ހިދުމަތް ފެށޭނެ ކަމަށް ލަފާ ކުރެވޭ ތާރީހުތައް އިއުލާން ކުރައްވާފަ އެވެ. އެގޮތުން އެންމެ އަވަހަށް ފަށާނެ ކަމަށް އޭނާ އިއުލާން ކުރެއްވީ ނ. އަތޮޅުގެ ފެރީގެ ހިދުމަތެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ޖޫން މަހު ނ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން ދެން ފެރީގެ ހިދުމަތް ފަށާނެ ކަމަށް ވިދާޅުވީ:

  • ސެޕްޓެމްބަރު މަހު ރ. އަތޮޅުގައި

  • ނޮވެމްބަރު މަހު ބ. އަތޮޅުގައި

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ، ސަރުކާރުން ފަށާފައިވާ މި ހިދުމަތަކީ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބޭ ހިދުމަތަކަށް ވެފައި، މިފަދަ ހިދުމަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ.

ނަމަވެސް އާރުޓީއެލް ހިދުމަތަށް ބަދަލުތައް ގެންނަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެންމެ ފުރިހަމަ ގޮތަކަށް އިންތިޒާމު ކުރެވިގެންނެއް ނޫން މި މަސައްކަތް ކުރެވިފައި އޮތީ އެއް. ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރަން އެމްޓީސީސީ އަށް ވަރަށް ގިނަ ޗެލެންޖަސް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަވި،" 

އެގޮތުން ބައެއް ރޫޓުތައް ހުރީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށާއި ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭ ފެރީ ރޫޓުތަކަށް ބަދަލު ގެންނާނެ ކަމަށް މިނިސްޓަރު ވިިދާޅުވި އެވެ.

  • އާރުޓީއެލްގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހަ ޒޯނަކަށް ބަހާލައިގެން

  • މިހާރު ތިން ޒޯނެއްގައި މި ހިދުމަތް ދޭ؛ އެއީ ހއ.، ހދ.، އަދި ށ. އަތޮޅު ހިމެނޭ ޒޯނުގެ އިތުރުން ޅ. އަތޮޅު އަދި އެންމެ ދެކުނު ގއ.، ގދ.، ޏ. އަދި ސ. އަތޮޅުގައި

  • އާރުޓީއެލް ފެރީގެ ހިދުމަތުގައި މިހާރު 25 ފެެރީ ބޭނުން ކުރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް