ހުޅަނގު މޫސުމުގެ ވިއްސާރާގައި ވައި ގަދަވެފައި ކަނޑުތައް ވެސް ގަދަ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މޫސުން

ކުރިއަށް އޮތް ތިން ދުވަހު ކަނޑު ގަދަވެ، އުދަ އަރާފާނެ: މެޓް

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދޭން އެ އިދާރާ އިން އިލްތިމާސް ކުރޭ

ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދަށް ކަނޑުތައް ވަރަށް ގަދަވެ، ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

ވީ ކިހިނެއް؟ - މޫސުން ލަފާކޮށް މެޓް އޮފީހުން މިއަދު ނެރުނު އިލްތިމާސްގައި ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން އެދިފައިވެ އެވެ.

ތަފްސީލް - އެ އިދާރާ އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު:

  • ގަދަ ވަޔާއެކު ވިއްސާރަކުރާނެ

  • އާންމު ގޮތެއްގައި ގަޑިއަކު 14 މޭލާއި 25 މޭލަށް ވައިޖެހޭނެ؛ ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ

  • ކަނޑުތައް ވަރަށް ގަދަވާނެ

  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ

އެހެންކަމުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރި އެވެ.

އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެދުނެވެ.

އެނގުން މުހިއްމު - މޫސުން ގޯސްވާ ނަމަ އެކި އެކި ސަރަަހައްދުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ދަނީ އެލާޓުތައް ނެރެމުންނެވެ. އެލާޓުތަކަށް ސަމާލުވެ، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް