ހުޅުމާލެ ޖަލު އަދި ހުޅުމާލެ ޑިޓެންޝަން ފެސިލިޓީ. (ސަން ފޮޓޯ/ މުހައްމަދު ހައްޔާން)

ގައިދީން

83 އަހަރުގެ ގައިދީއަކު ޖަލުގައި މަރުވެއްޖެ

އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ބެލެވޭ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ 83 އަހަރުގެ ގައިދީއަކު މަރުވެއްޖެ އެވެ. 

ވީ ކިހިނެއް؟- ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި ޖަލުގައި މަރުވެފައި އޮއްވާ ފެނުނީ، ތ. ތިމަރަފުށީ މިނިވަން އައްސޭރި, އާދަމް އަލިމަނިކެވެ. އޭނާއަކީ ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލެއް ހިންގައިގެން، 2022 ވަނަ އަހަރު ޖަލަށްލި މީހެކެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި:

  • އާދަމް އަލިމަނިކު ނުހޭލައިގެން ޑިއުޓީ އޮފިސަރުންގެ ސަމާލުކަމަށް ގެނައުމުން، ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ

  • ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ބެލެވޭ

  • އޭނާއަކީ ކުރިން ވެސް އެކި ބަލިތަކަށް ބޭސް ކުރަމުން ދިޔަ މީހެއް

އާދަމް އަލިމަނިކު ޖަލަށް ހުކުމް ކުރީ 10 އަހަރުގެ މުއްދަތަށެވެ. 

ކޮމެންޓް (1)

ޖަލުގެ ހާލަތު

27 މޭ 2024
މިއުމުރުފުރާގެ މީހުން އެކަހެރި އަދި އެއްވެސް ކަހަލަ ފަރުވާއެއް ނުލިބޭ ޖަލުތަކުގަ ބަންދުކުރުމުގެ ކުރިން މެޱިކަލް ޗެކަޕެއްހަދާ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ ޓެސްޓެއް ހެދުން މުހިއްމު. ކުއްކުރީމަ އަދަބު ދޭންޖޭހެނެ ކޮންމެ މީހަކަސް ނަމަވެސް ބައެއްމީހުން ނަށް ޙާއްސަ އިނާޔައްތަ ލިބޭތަން ފެންނަނީ
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް