ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހިމް ނާޒިލް: އޭނާ ވަނީ އެމްޑީޕީގެ އާ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައި (ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

އެމްޑީޕީ

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް ހަމަޖައްސައިފި

ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބު ކުރީ ޒިޔާދާއި އަހުމަދު ދީދީ

ރައްޔިތުުންގެ 20 ވަނަ މަޖިލީހުގެ ދައުރުގައި، އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕު ލީޑަރުގެ މަގާމަށް، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އިންތިހާބުކޮށްފި އެވެ.

ވީ ކިހިނެއް؟- އެމްޑީޕީގެ ޕީޖީ ގުރޫޕަށް އިންތިހާބުވި މެމްބަރުން އިއުލާނުކުރަމުން އެ ޕާޓީން މިއަދު ބުނީ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ދެ ބޭފުޅުން އިންތިހާބުކޮށްފައިވާ ކަމަށެވެ. އެއީ:

  • ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު

  • މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

ޕީޖީ ގުރޫޕުގެ އެހެން މަގާމުތަކަށް މެމްބަރުން އިންތިހާބުކުރި ގޮތަށް ބަލާއިރު:

  • ސެކްރެޓަރީ ޖެނެރަލް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް

  • ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު

  • ޗީފް ވިޕް ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހުސެން ސަމީރު

  • ވިޕް ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލާއި ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު

އެނގުން މުހިއްމު- އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. ޕާޓީގެ ގިނަ ކެންޑިޑޭޓުންނަށް ނާކާމިޔާބު ވުމުގެ އިތުރުން ގިނަ ދުވަސްތަކެއް ވާންދެން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނަށް ގޮނޑި ގެއްލުނެވެ. އޭގެ ތެރޭގައި ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް