ތޮއްޑޫގެ ކަރާ ދަނޑުތައް: ދަނޑުވެރިންނަށް ހާއްސަ ލޯނުގެ ދަށުން 13 މިލިއަން ރުފިޔާ ދޫކޮށްފައިވޭ (ފޮޓޯ/ތޮއްޑޫ ކައުންސިލް)

ދަނޑުވެރިންނަށް 13 މިލިއަން ރުފިޔާ ދޫކޮށްފި

އެ ލޯނު ރަހުނަކާ ނުލާ 1 ލައްކަ ރުފިޔާއާ ހަމައަށް ލިބޭއިރު އެހެން ޝަރުތުތަކާ އެކު 2 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރޭ

ސަރުކާރުގެ 'ދަނޑުވެރި ނަފާ' ލޯނު ޕްރޮގްރާމުގެ ދަށުން ދަނޑުވެރިންނަށް ޖުމްލަ 13 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މި ސަރުކާރުގެ ފުރަތަމަ ހަ މަސް ތެރޭ އެ މިނިސްޓްރީއިން ކުރި މަސައްކަތްތަކާ ގުޅޭ މައުލޫޫމާތު ދިިނުމަށް މިއަދުު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށް ވެސް މި ލޯނު ދޫކޮށްފައިވާ ކަމަށެވެ.

އެގޮތުން:

  • އަމިއްލަ ފަރުދުންނަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި

  • ކުންފުނިތަކަށް 8.82 މިލިއަން ރުފިޔާގެ ލޯނު ދޫކުރި

ތަފްސީލް - ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަން ކުރިއަރުވާ، އާ ޓެކްނޮލޮޖީގެ އެހީގައި އެ މަސައްކަތް ކުރުމަށާއި ޕޯލްޓްރީ ފާމިން އަދި އެގްރި ފޮރެސްޓިން އާއި ދަނޑުވެރިކަމުގެ ބާވަތްތަކުން ވެލިއު އެޑް ކުރުމުގެ މަސައްކަތްތަކަށް ލޯނު ދޫކުރެ އެވެ.

އެ ލޯނު ރަހުނަކާ ނުލާ އެއް ލައްކަ ރުފިޔާއާ ހަމައަށް ލިބޭއިރު އެހެން ޝަރުތުތަކާ އެކު 2 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ކަމަށް ވިޝާމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގްރިކަލްޗާ މިނިސްޓްރީގައި ދަނޑުވެރިންގެ ދަފްތަރެއް އޮންނަ ކަމަށާއި މިހާރު ހުރި މައުލޫމާތަށް ބަލާއިރު 7،627 މީހަކު އެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • 53% އަންހެނުން

  • 47% ފިރިހެނުން

ވިޝާމާ ވިދާޅުވީ އެ ދަފްތަރު އަޕްޑޭޓުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް