މިދިޔަ ކުޑަ އީދު ކުޅިވަރު ތެރޭގައި ރަސްފަންނުގައި ގެންދިޔަ ފެންކުޅުން އިވެންޓްގެ ތެރެއިން (ދައުރު ފޮޓޯ/އަޒްމީ)

އީދު

ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރާނެ 3 ރަށެއް ކަނޑައަޅައިފި

ކުލަގަދަކޮށް ބޮޑު އީދު ފާހަގަ ކުރުމަށް 26 ރަށަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައި

އަންނަ ބޮޑު އީދު ކުލަ ގަދަކޮށް، ގައުމީ ފެންވަރުގައި ފާހަގަ ކުރާ ރަށްތައް ސަރުކާރުން ކަނޑައަޅައި އިއުލާންކޮށްފި އެވެ. 

ވީ ކިހިނެއް؟ - ބޮޑު އީދު ފާހަގަ ކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 26 ރަށަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ. އޭގެ ތެރެއިން ހޮވުނު ރަށްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައެޅީ:

  • ރ. އުނގޫފާރު

  • ދ. ކުޑަހުވަދޫ

  • ގއ. ވިލިނގިލި

ހެރިޓޭޖު މިނިސްޓްރީ އިން މީގެ ކުރިން ބުނީ އީދު ފާހަގަ ކުރާނެ ރަށްތައް ކަނޑައެޅުމުގައި އެ ރަށަކުން ކުޅޭނެ ކުޅިވަރުތަކާއި ކައުންސިލުން ކުރާނެ ހަރަދުތައް އަދި އަގެއް ނުނަގާ އެ ރަށަކުން ކޮށްދޭނެ ކަންތަކަށް ބަލާނެ ކަމަށެވެ.

ބޮޮޑު އީދު ދިމާވަނީ އަންނަ މަހުގެ 17 ވަނަ ދުުވަހާ އެވެ.

ފާހަގަ ކުރެވޭ ކަމެއް - ރާއްޖޭގެެ ސިޓީތަކާއި ބޮޑެތި ރަށްތަކުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ބަޖެޓުގައި ވަނީ 50 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

މިއަހަރުގެ ފިތުރު އީދާ ދިމާކޮށް މާލެ އާއި އަތޮޅުތެރޭގެ ވެރިކަން ކުރާ ރަށްރަށާއި ސިޓީތަކުގައި ކުލަ ބޮކި ދިއްލާ ޒީނަތްތެރިކުރި އެވެ.




އިތުރު އާޓިކަލް

އިތުރު އާޓިކަލް