މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި އަސްކަރީ ޕެރޭޑްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ގިނަ ހަރަކާތްތަކާ އެކު ކުލަ ގަދަކޮށް މިނިވަން ދުވަސް ފާހަގަ ކުރަނީ

މިނިވަން ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް 24 ޖުލައި އިން 31 ޖުލައި އަށް ހަފްތާ އެއްގެ މުއްދަތަށް ކުރިއަށް ގެންދަން ވަނީ ނިންމާފައި

ގިނަ ހަރަކާތްތަކަކާ އެކު މި އަހަރުގެ މިނިވަން ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރަން ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީ އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ، މިނިވަން ދުވަހާ ގުޅުވައިގެން ރަސްމީ ހަރަކާތްތަކުގެ އިތުރުން އާންމުންނަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ހަވާ އަރުވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފްސީލް - މި އަހަރުގެ ޖުލައި 26 ވަނަ ދުވަހު ފާހަގަ ކުރާނީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހެވެ. އެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް 24 ޖުލައި އިން 31 ޖުލައި އަށް ހަފްތާ އެއްގެ މުއްދަތަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މި ހަރަކާތްތަކުގެ ތެރޭގައި ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ޖާފަތުގެ އިތުރުން މިނިވަންދުވަހުގެ ރަސްމީ ޖަލްސާ ވެސް އޮންނާނެ އެވެ.

މިދިތަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވޭއްވި މިނިވަން އުފާ ކާނިވަލުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މީގެ އިތުރުން ދެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި:

  • ދިދަ ނެގުމުގެ ހަފްލާ: މި ހަފްލާ ކުރިއަށް ގެންދަނީ ދިދަ އަށް އިއްޒަތް ދިނުމަށް ދިދަ އާކުރުމުގެ ހަރަކާތުގެ ގޮތުގައި. މި ހަރަކާތުގައި ކުޑަކުދިންނާއި އާއިލާތައް އަދި ކުދިބޮޑު އެންމެންނަށް ބައިވެރިވެވޭނެ. މީގެ ތެރޭގައި ދިދަ ވިހުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދާނެ

  • ސްކޫލު ކުދިންނަށް ހާއްސަ މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް

  • ދަނޑުގައި ބާއްވާ ކުޅިވަރާއި ހެވިކަމުގެ މުބާރާތް

  • ސްކޫލުތަކުގެ އެސެމްބްލީ

  • ފުޅަނދުބުރު

  • ސިފައިންގެ މެރިޓައިމް ޕެރޭޑާއި ސެރެމޯނިއަލް ޕެރޭޑު އަދި ފްލައި ޕާސްޓް

  • ކެޑޭޓު ޕެރޭޑު

  • ޑޮކިޔު ޑްރާމާ އެއް

  • މިނިވަން ދުވުން

  • ފަންނާނުންގެ ޝޯ

  • ހަވާ އެރުވުން

  • ފިޔަވަތީގެ ކުދިންނަށް ހަވީރަކާއި އިސް ރަށްވެހިންގެ ހަވީރެއް

  • ފިލްމު ފެސްޓިވަލެއް

  • އެމްބަސީތަކާ ގުޅިގެން ރާއްޖޭން ބޭރުގައި ވެސް ހަރަކާތްތައް ކުރިއަށް ގެންދާނެ

  • މިނިވަން ކާނިވާ

  • ޑްރޯން ޝޯ

  • ސަގާފީ ޝޯ 

  • މިނިވަން ސޭލުގެ ނަމުގައި ސޭލެއް

  • ފުޑް ފެސްޓިވަލެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް