ފުނަދޫ އެއާޕޯޓުގެ ފެންސް ވެއްޓިފައި (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)

ށ. ފުނަދޫ

ވައި ގަދަވެ ފުނަދޫ އެއާޕޯޓުގެ ފެންސު ވެއްޓިއްޖެ

ެއެއާޕޯޓުގެ ހާލަތު ވަޒަންކޮށް ރައްކާތެރިކަމާއެކު އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނި

ވައި ގަދަވެ ށ. ފުނަދޫ އެއާޕޯޓުގެ ފެންސު ވެއްޓިއްޖެ އެވެ.

ވީ ކިހިނެއް؟ - އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނީ، ގަދަ ވަޔާއެކު ފުނަދޫ އެއާޕޯޓުގެ ފެންސު މިއަދު ވެއްޓިފައިވާ ކަމަށެވެ.

ތަފްސީލް - އެއާޕޯޓުގެ ހާލަތު ވަޒަންކޮށް ރައްކާތެރިކަމާއެކު އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް އޮރެންޖު އެލާޓު ނެރެފަ އެވެ.

މެޓުން ބުނީ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ބާރަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއޮ ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ވައި ގަަދަ ވުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ހެދިފައި ހުރި ގަސްތަކުގެ ގޮފިތައް އިރައިގެން ގޮސް ވެއްޓި، ބައެއް ގަސްތައް މުލުން ލުހިގެން ވެއްޓިފައިވެސްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް