ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި 1500 ޓަނުގެ ފެނާ ފޮރިން މިނިސްޓްރީ އިން ރަމްޒީކޮށް ހަވާލުވުން (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-ޗައިނާ

ޗައިނާ އިން ހަދިޔާކުރި ފެނާ ރަސްމީކޮށް ހަވާލުވެއްޖެ

ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަން އިން ރާއްޖެއަށް ބޯފެން ހަދިޔާކުރި ކަން ހާމަކުރީ އެ ރީޖަންގެ ޗެއާމަން ޔަން ޖިން ހައި މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް މުހައްމަދު މުއިއްޒުއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި

ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި 1،500 ޓަނުގެ ފެނާ ރަސްމީކޮށް ދިވެހި ސަރުކާރުން ހަވާލުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަން އިން ރާއްޖެއަށް ބޯފެން ހަދިޔާކުރި ކަން ހާމަކުރީ އެ ރީޖަންގެ ޗެއާމަން ޔަން ޖިން ހައި މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް މުހައްމަދު މުއިއްޒުއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. އެ  1،500 ޓަނުގެ ބޯފެން ރާއްޖެ ގެނައީ މިދިޔަ މާޗު މަހު އެވެ.

ތަފްސީލް - ފޮރިން މިނިސްޓްރީ އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ޗައިނާ އިން ހަަދިޔާ ކުރި ފެނާ ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. 

  • 1500 ޓަނުގެ މިނަރަލް ވޯޓާ އާ ރަމްޒީގޮތުން ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރު މޫސާ ޒަމީރު

  • ރާއްޖެއަށް އެ ފެން ހަވާލުކޮށްދެއްވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިޖިން

ފޮރިން މިނިސްޓްރީ އިން ބުނީ އެ ފެން ބޭނުންކުރާނީ ރާއްޖޭގެ ރަށްތަކަށް ބޯފެނުގެ ދަތިކަން ކުރިމަތިވާ ހާލަތްތަކުގައި ކަމަށެވެ. މި ފެނަކީ ޗައިނާގެ ޝީޒަން އޮޓޮނޮމަސް ސަރަހައްދުގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެނެވެ.

ޝީޒަން އޮޓޮނިމަސް ރީޖަން އިން ރާއްޖެ އަށް ބޯފެން ހަދިޔާކޮށްފައިވާތީ ފޮރިން މިނިސްޓްރީ އިން ވަނީ އެ ދީލަތި ކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް