ސެންޓާރާ ގްރޭންޑު ރިސޯޓު. އެ ރިސޯޓުގައި ގެނބުނު ފަތުރުވެރިޔަކު ސަލަމަތް ކުރަން މޫދަށް ފޭބި ދިވެހި މުވައްޒަފަކު ވަނީ މަރުވެފައި (ފޮޓޯ/ބުކިން.ކޮމް)

ކުއްލި މަރު

ގެނބުނު ފަތުރުވެރިއަކު ސަލާމަތްކުރަން އުޅުނު ދިވެހި މުވައްޒަފަކު މަރުވެއްޖެ

މަރުވެފައިވަނީ ރިސޯޓުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާ39 އަހަރުގެ ދިވެހި ފިރިހެނެއް، ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނި

އދ. ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބެމުންދަނިކޮށް އޭނާ ސަލާމަތް ކުރަން މޫޫދަށް ފޭބި މުވައްޒަފަކު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސެންޓާރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އެމީހާ ސަލާމަތް ކުރަން މޫދަށް ފޭބި މީހަކު ގެނބިގެން ފަރުވާ ދެމުންދާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 11:05 ހާއިރު ލިބިފައިވާ ކަމަށެވެ.

ތަފްސީލް - އޭނާ އަށް ފަރުވާ ދިނުމަށް އދ. ދަނގެތި ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

  • މަރުވެފައިވަނީ އެ ރިސޯޓުގެ 39 އަހަރުގެ ދިވެހި މުވައްޒަފެއް؛ އެއީ ފިރިހެނެއް

މި ހާދިސާގައި ގެނބުނު ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުންދާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް