އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު. (ދައުރު ފޮޓޯ/ހުސެއިން ސުނޭން)
ފާތިމަތު ތައުފީގު އެމްއެމްޕީއާރުސީގެ އެމްޑީކަމުން ވަކިކޮށްފި
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ރައީސް މުހައްމަދު މުއިއްޒު މިއަދު ވަކިކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ފާތިމަތު ތައުފީގު އެ މަގާމުން ވަކިކުރިކަން ސަރުކާރުގެ އިސް އޮފިޝަލަކު 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ.
ތަފްސީލް - އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފާތިމަތު ތައުފީގް މިއަދު ވަކިކުރި އިރު، އެ ކުންފުނީގެ ހިންގުން ބޮއްސުންލާފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
އެ ކުންފުނީގެ އެތެރޭގެ ހިންގުމުގައި މައްސަލަތަކެއް އުޅޭކަމަށް އަޑުތައް ފެތުރިފައިވާއިރު ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އާއިޝާ ނޫރައިން ޖަނާހު ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ނޫރައިން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ދުބާއީގައި މި މަހު ކުރީކޮޅު އޮތް އަރަބިއަން ޓްރެވެލް މާކެޓް(އޭޓީއެމް) ފެއާގައި އިނގިރޭސީ ބަހުން ދެއްވި އިންޓަވިއުއަކާ ގުޅިގެން ދިވެހިންގެ ތައުރީފް ސޯޝަލް މީޑިއާގައި އޭނާއަށް ލިބުނެވެ.
އޭނާއަށް ލިބުނު އެ މަގްބޫލުކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ ބޭރުގެ އިތުރު އެހެން ފެއާއެއްގައި ނޫރައިން ބައިވެރި ނުކުރުމަށް ޓުއަރިޒަމް މިނިސްޓަރު ފައިސަލް އެންގެވި ކަމަށް ބުނެ ޗެނަލް-13އިން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ފައިސަލް އެކަން ދޮގު ކުރައްވާފައިވެ އެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެެ ބޯޑުގައި ޓޫރިޒަމް ދާއިރާގެ ޖަމްއިއްޔާ މަޓީ ތަމްސީލު ކުރައްވާ ރާފިލް މުހައްމަދު ވެސް މިދިޔަ މަހުު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުން ރާފިލް ވެސް މަގާމުން އިސްތިއުފާ ދެއްވީ ކުންފުނީގެ ހިންގުމުގައި ހުރި ކަންތައްތަކާ ހިތްހަމަ ނުޖެހިގެންނެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކޮމެންޓް (2)
ހޭކުޑާ
ތިކުޑާ