ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައި ހުރި ގޯތިތަކުގެ އިމުގެތެރޭ ހުރި ތާރުތައް ކެނޑުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/އެޗްޑީސީ)

ގޯތިތަކުގެ ރަޖިސްޓްރީ އަވަސް ކުރާ ބިލް ތަސްދީގެއް ނުކުރެއްވި

ބިމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހު ރައީސް އަނބުރާ ފޮނުއްވާލެއްވީ އެއާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން

ކުރީ ސަރުކާރުން ގެޒެޓްކުރި ގޯތި ލިބޭ މީހުންގެ ލިސްޓާ އެއްގޮތަށް، ވީހާވެސް އަވަހަކަށް ރަޖިސްޓްރީ ދޭން ލާޒިމްކުރާ ގޮތަށް ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުއްވާލައްވައިފި އެވެ.

ވީ ކިހިނެއް؟- ބިންވެރިޔާ' ސްކީމްގެ ދަށުން މިދިޔަ ސަރުކާރުގައި ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތި ލިބުނު ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ދޭން ޖެހޭ ގޮތަށް ބިލް ފާސްކޮށްފައިވަނީ މިދިޔަ މަހު 29ގަ އެވެ.

އެ ބިލް ތަސްދީގު ކުރެއްވުމަށް ރައީސްއަށް ފޮނުއްވާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އެކަމަކު އެއާމެދު އަލުން ވިސްނާވަޑައިގަތުމަށް އެދި އެ މަނިކުފާނު މިއަދު ވަނީ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާލާފަ އެވެ.

އެނގުން މުހިއްމު- ވަކި މުއްދަތެއްގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ގާނޫނުގައި ކުރިއަކުން ނޯވެ އެވެ. މީކާއިލް އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހަ މަސް ތެރޭގައި ސަރުކާރުން ގޯތި ހަވާލުކުރަން ޖެހޭ ގޮތަށެވެ.  ނަމަވެސް ކޮމިޓީ މަރުހަލާގައި އެ މުއްދަތު ވަނީ ތިން މަސް ދުވަހަށް ބަދަލުކޮށްފަ އެވެ.

ބިލު މަޖިލީހުން ފާސްކުރި އިރު މިހާރު މާއްދާތައް ހުރި ގޮތް ކުރުކޮށް:

  • ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްގައި ޝާއިއުކުރުމަށް ފަހު، ހަވާލުކޮށްފައި ނުވާ ނަމަ، ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި އެ ގޯއްޗެއް ލިބުނު ފަރާތަކާ ގޯތި ހަވާލުކުރަން ވާނެ

  • ބަދަލު ދޭން ނުޖެހޭ ހާލަތުގައި ހުރި ބިންތަކުގެ ރަޖިސްޓްރީ ތިން މަސް ތެރޭ ހަވާލު ކުރަން ވާނެ

  • ބަދަލު ދޭން ޖެހޭ ހާލަތެއްގައި ހުރި ބިންތަކުގެ ރަޖިސްޓްރީ އެއް އަހަރު ތެރޭ ހަވާލުކުރަން ވާނެ

ކޮމެންޓް (1)

ސިކުނޑި

17 މޭ 2024
ވެރިމީހާގެ ހިޔަޅުކަން އަދިވެސް ދަހެއް ނުވާނެ! ދިވެހީންނަކީ ގުނބޯ ހެއްދިވަރަކަށް ގުނބޯ ހެއްދޭބައެއް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް