ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ގެވެށި އަނިޔާ

މާބަނޑު މީހަކަށް އާއިލާއިން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަނީ

އާއިލާގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށް ބުނެ އެ އަންހެންމީހާ ވަނީ ޝޯޝަލް މީޑިއާގައި ލިޔެފައި

މާބަނޑު މީހަކަށް އޭނާގެ އާއިލާގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ އަންހެން މީހާ މިއަދު ވަނީ އާއިލާގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށް ބުނެ އެކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ލިޔެފަ އެވެ. 

ތަފްސީލު - ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާއު މިރޭ އެކްސްގައި ވިދާޅުވިގޮތުގައި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

އަންހެން މީހާ ލިޔުނު ފޭސްބުކްގައި ޕޯސްޓެއްގައިވާ ގޮތުން:

  • އޭނާއަށް އަނިޔާ ކުރާ މީހުންގެ ތެރޭގައި ބައްޕަ އާއި 18 އަހަރު ނުވާ ކޮއްކޮއެއް ހިމެނޭ

  • "ގޭ މީހުން މި ކުރާ އަނިޔާތަކަށް އިންސާފު ލިބޭނެތޯ" ފުލުހުން ޓެގްކޮށް، އޭނާ ސުވާލު ކޮށްފައިވޭ

  • އޭނާ ބުނީ ސޯޝަލް މީޑިއާގައި މި ވާހަކަ ދެއްކީ "ކެތް ނުވެގެން" ކަމަށް

  • އޭނާގެ ކަރަށާއި އަތަށް ލިބިފައިވާ ޒަހަމްތަކެއް ފެންނަ ފޮޓޯތަކެއް އެ ޕޯސްޓުގައި ހިމަނާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް