ނިކަމެތި އާއިލާތަކުގެ ކުދިން ސްކޫލަށް ފޮނުވުމަށް 'މަމްސް އެއިޑް' އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ކެމްޕޭންގެ ދަށުން ބައެއް ކުދިންނަށް ހަދިޔާކުރި ތަކެއްޗާއެކު އެ ކުދިން ފޮޓޯއަކަށް ހުއްޓިގެން

މަމްސް އެއިޑް

ނިކަމެތި އާއިލާތަކުގެ ކުދިން ސްކޫލަށް ފޮނުވުމަށް 'މަމްސް' އިން އެހީ ހޯދަނީ

އެ ޖަމިއްޔާއިން ކުރިއަށް ގެންދާ 'ބެކްޓު ސްކޫލު' ކެމްޕޭނުގައި ބައިވެރިވެގެން، ނިކަމެތި އާއިލާތަކުގެ ކުދިން ސްކޫލަށް ފޮނުވުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ

ހާލުގައި އުޅެމުން އަންނަ، ނިކަމެތި އާއިލާތަކުގެ ކުދިން ސްކޫލަށް ފޮނުވުމަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދައިދިނުމަށް އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ 'މަމްސް އެއިޑް' އިން ކެމްޕޭނެއް ފަށައިފި އެވެ.

ވީ ކިހިނެއް؟- 'ބެކް ޓު ސްކޫލު'ގެ ނަމުގައި އެ ޖަމިއްޔާއިން ފެށި މި ކެމްޕޭންގެ އަމާޒަކީ 250 ކުދިން ސްކޫލަށް ބޭނުންވާތަކެތި ހޯދައިދިނުމެވެ. އެގޮތުން އެއްކުރާ ފައިސާއިން، ކުދިންނަށް ބޭނުންވާ ފޮތް ފަންސޫރާއި ދަބަހާއި ބޫޓާއި ޔުނީފޯމު ފަދަ ތަކެތި ހޯދައިދޭނެ އެވެ.

'މަމްސް އެއިޑު'ން އަންނަނީ މި ފަދަ އެހީތެރިކަމަށް ބޭނުންވާ އާއިލާތަކުގެ ވާހަކަތައް ވެސް ހިއްސާކުރަމުންނެވެ. އޭގެ ތެރޭގައި ސްކޫލަށް ދާ ގިނަ ކުދިންތަކަކާ އެކު ވަރަށް ހާލުގައި އުޅެމުން އަންނަ އެކަނިވެރި މައިންނާއި ބަލި ހާލަތުގެ ސަބަބުން ވަޒީފާ އަދާނުކުރެވޭތީ، ދިރިއުޅުމުގެ ހަރަދުތައް ދެކޮޅު ނުޖެހޭ އާއިލާތައް ހިމެނެ އެވެ.

ނިކަމެތި އާއިލާތަކުގެ ކުދިން ސްކޫލަށް ފޮނުވުމަށް 'މަމްސް އެއިޑް' އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ކެމްޕޭންގެ ދަށުން ބައެއް ކުދިންނަށް ހަދިޔާކުރި ތަކެއްޗާއެކު އެ ކުދިން ފޮޓޯއަކަށް ހުއްޓިގެން
ނިކަމެތި އާއިލާތަކުގެ ކުދިން ސްކޫލަށް ފޮނުވުމަށް 'މަމްސް އެއިޑް' އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ކެމްޕޭންގެ ދަށުން ބައެއް ކުދިންނަށް ހަދިޔާކުރި ތަކެއްޗާއެކު އެ ކުދިން ފޮޓޯއަކަށް ހުއްޓިގެން

"ކޮންމެ އަހަރަކު ވެސް ވަރަށް އުނދަގުލުން ކުދިންގެ ސްކޫލު އެއްޗެހި ހަމަކުރެވެނީ. އެކި މީހުން އަތުން ބޭނުންކޮށްފައި ހުންނަ އެއްޗެހި ހޯދައިގެން ކުދިން ސްކޫލަށް ފޮނުވަނީ،" 'މަމްސް އެއިޑް'އާ ވާހަކަ ދެއްކި މަންމައަކު، އޭނާގެ ހާލަތު ކިޔައިދިނެވެ.

"މިދިޔަ އަހަރު ވެސް، އާ އަހަރުގެ ކިޔެވުން ފެށިއިރު ކުދިން ދިޔައީ ކުދިވެފައިވާ ޔުނީފޯމު ލައިގެން. އެކްޓިވިޓީ ޔުނީފޯމު ނުގަނެވިގެން ހަމައެކަނި ރަސްމީ ޔުނީފޯމުގައި ބޮޑު ދެ ކުދިން މިދިޔަ އަހަރު އެއްކޮށް ސްކޫލަށް ދިޔައީ."

އެހެން މީހަކު ބުނިގޮތުގައި، ކުދިންގެ ސްކޫލަށް ބޭނުންވާ ސާމާނު ހަމަނުކުރެވޭތީ، ކޮންމެ އަހަރެއްގެ ވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ހުންނަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެހެން ކުދިން ލާފައި ހުންނަ ކުދި، އަދި ބޮޑެތި ޔުނީފޯމު ލައިގެން ދަރިން ސްކޫލަށް ދާތަން ފެނުމަކީ ހިތްދަތި މަންޒަރެއް ކަމަށް އެ މީހުން ސިފަ ކުރެ އެވެ.

އެނގުން މުހިއްމު- 'ބެކް ޓު ސްކޫލު' ކެމްޕޭން މިދިޔަ އަހަރު ވެސް 'މަމްސް އެއިޑް' އިން ކުރިއަށް ގެންދިޔަ އިރު، ގިނަ އަދަދެއްގެ ކުދިންނަށް އެ ކެމްޕޭންގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް