ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތު (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ބ. އޭދަފުށި

އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކަށް ދެނީ

މި މަޝްރޫއު ހަވާލުކުރަނީ ޗައިނާ ސަރުކާރު ހިއްސާވާ ސިނޯހައިޑްރޯ ކޯޕަރޭޝަންއާ. މިއީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒު އިއުލާންކުރެއްވި މަޝްރޫއެއް

ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އަޅަން ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏަކާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ތަފްސީލު - މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ހިންގަން ފަހުމުނާމާގައި ސޮއިކުރީ ޗައިނާގެ ސަރުކާރު ހިއްސާވާ 'ސިނޯހައިޑްރޯ ކޯޕަރޭޝަން'އާ އެކީގަ އެވެ.

މިނިސްޓްރީގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމާ ގުޅޭ ފަހުމުނާމާގައި ސޮއިކުރައްވަނީ (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ގުޅުން ހުރި ކަމެއް - އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އެޅުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައި މިވަނީ އެފަދަ މަޝްރޫއެއް ވަރަށް އަވަހަށް ހިންގާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އޭޕްރީލް މަހު ވިދާޅުވެފައި ވަނިކޮށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އަޅަން ބޭނުންވާ ހުއްދަތައް ދީ، އެ މަޝްރޫއު ވަރަށް އަވަހަށް އޭދަފުށީގައި ފައްޓަވާނެ ކަމަށެވެ.

އެ މަޝްރޫއުގެ ފައިދާ އޭދަފުށީގެ އިތުރުން، މުޅި ބ. އަތޮޅަށް ވެސް ކުރާނެ ކަމަށާއި އެއީ އެ ދާއިރާއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބޭނެ މަޝްރޫއެއް ކަމަށް ވެސް ރައީސް އޭރު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް