ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް މުހައްމަދު މުއިއްޒު ގުޅިފަޅަށް ޒިޔާރަތް ކުރެއްވުން (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އަދަދު އިތުރުކޮށް ގިރާވަރުފަޅުން ގޯތި ބަދަލު ކުރަން އިތުރު ފުރުސަތު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި 1،300 އަށްވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލު ކުރަން މި ސަރުކާރުން ވަނީ ނިންމާފައި

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އަދަދު އިތުރުކޮށް، ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތު ދީފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި 1،300 އަށް ވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލު ކުރަން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.  

ތަފްސީލް - ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަހަައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ހުސްނުކޮށް ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ އެ ތަނުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން ނިންމައި މީގެ ކުރިން ހައުސިން މިނިސްޓްރީ އިން ގެޒެޓު ކުރި އިއުލާނުގައިވާ ގޮތުން ޖުމްލަ 1،347 ގޯތި ބަދަލު ކުރާނެ އެވެެ. އެއީ:

  • 1250 އަކަފޫޓުގެ 193 ގޯތި

  • 1650 އަކަފޫޓުގެ 663 ގޯތި

  • 2050 އަކަފޫޓުގެ 487 ގޯތި

  • 2450 އަކަފޫޓުގެ 4 ގޯތި

މިދިޔަ ހޮނިހިރު ދުވަހު އެ މިނިސްޓްރީ އިން ގެޒެޓު ކުރި އިއުލާނެއްގައި ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން، އެކަމަށް އެދި ހުށަހަޅާފައިވާ މީހުންގެ އަދަދު މަދު ކަމަށެވެ.

އެގޮތުން 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދު އަދަދަކަށް ވެފައި ގުޅީފަޅަށް ބަދަލުވުމަށް ހުށާހަޅާފައިވާ ރިކުއެސްޓުތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ ބަދަލާ އެކު މިހާރު ދޫކުރަން ނިންމާފައިވަނީ:

  • 1250 އަކަފޫޓުގެ 196 ގޯތި

  • 1650 އަކަފޫޓުގެ 683 ގޯތި

އެނގުން މުހިއްމު - ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލާފައިވާ ފުރުސަތުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

  • ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅޭނެ

  • ކަނޑައަޅާފައިވާ އަދަދަށް ވުރެ ގުޅިފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާ ނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން

ކޮމެންޓް (2)

މީނަ

9 މޭ 2024
ހުޅުމާލެ އިން ދީބަލަ މަށަށް ، ނޫނީ ބަދަލެއް ނުކުރެވޭނެ ގަންނަން ޖެހޭނީ
0 0

ހުސެއިންނިޔާޒް

8 މޭ 2024
ގުޅީ ފަޅަށް ބަދަލުވާކަށް ޢަހަރެން ބޭނުމެއްނޫން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް