ކުނި އަޅާ މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ހޯދި ބަންގްލަދޭޝް މީހާ: ކައުންސިލުން ބުނީ މީނާ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށް.

ކުނީގެ މައްސަލަ

މާލޭ މަގުމައްޗަށް ކުނިއަޅާ މައްސަލާގައި ހޯދި ބިދޭސީއަކު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭތީ ޑީޕޯޓުކޮށްލަނީ

އޭނާއަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިިރިހެނެއް؛ މާލޭ ސިޓީ ކައުންސިލުން ބުނީ އޭނާ ޑީޕޯޓުކޮށްލުމުގެ ކަންކަން އިމިގްރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް

މާލޭ މަގުމައްޗަށް ކުނި އަޅާ މައްސަލާގައި ހޯދި ބިދޭސީއަކު، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހަކަށްވާތީ، ޑީޕޯޓުކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެެއް؟ - މާލޭ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އެފަދަ މީހުންނާ މެދު އާއްމުކޮށް އަޅާ ފިޔަވަޅަކީ ޖޫރިމަނާ ކުރުމެވެ.

ތަފްސީލް - މާލޭ ސިޓީ ކައުންސިލުން މިރޭ އެކްސްގައި ބިދޭސީއެއްގެ ފޮޓޯ އާއްމުކޮށް ބުނީ، މާލޭ މަގުމައްޗަށް ކުނި އަޅާކަން ފާހަގަ ކުރެވޭ ބަންގްލަދޭޝްގެ ރައްޔިތަކު ހޯދާފައިވާ ކަމަށެވެ. އަދި އޭނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަން އެނގިފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.

އެހެންވެ އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އިމިގްރޭޝަނާ ގުޅިގެން އޭނާ ޑީޕޯޓުކޮށްލުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ. 

ފާހަގަކޮށްލެވޭ - މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން 'ދައުރު' އަށް ބުނިގޮތުގައި ކުނި އެޅުމާއި ގަވައިދާ ހިލާފަށް މަގުމަތީގައި ތަކެތި ބަހައްޓާ މައްސަލާގައި މިދިޔަ މަހުގެ ތެރޭގައި 100އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވެ އެވެ. މީގެ ތެރޭގައި މަގުމަތީގައި ހުންނަ ކެމެރާތަކަށް އަރާ މީހުންނާއި ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ފާހަގަވާ މީހުން ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް