ފުނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު މަމްދޫހުއަށް ސިހުރު ހެދި ކަމަށް ބުނާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްސަލާގައި ހަަމަނުޖެހުން ވެސް ހިނގައިފި
މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މަމްދޫހްއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
އޭނާގެ ބަންދަށް ގެންދިއުމުގެ ކުރިން އާންމުންނާއި ފުލުހުންނާ ދެމެދު ވަނީ ހަމަނުޖެހުން ވެސް ހިނގައިފަ އެވެ. އެކަމަކު އެ ހަމަނުޖެހުން ވަނީ ކޮންޓްރޯލްވެފަ އެވެ.
ވީ ކިހިނެއް؟ - ސިހުރު ހެދި މައްސަލައެއްގައި 60 އަހަރުގެ ފިރިހެނަކު ފުނަދޫން ރޭ ފަތިހު ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ދެންމެ 'ދައުރު' އަށް ބުނިގޮތުގައި ވިލުފުއްޓަށް ނިސްބަތްވާ އެމީހާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފަ އެވެ.
ތަފްސީލް - އޭނާ ހައްޔަރުކުރުމާ އެކު، ފުނަދޫ ޕޮލިސް ސްޓޭޝަން ކައިރީ މުޒާހަރާކުރި މީހުން، އޭނާގެ ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓު ދޮށުގައި ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް މުޒާހަރާކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުން ކޯޓުގެ މައި ދޮރާއަށި ކައިރީގައި ފުލުހުންނާއި، އާންމުންނާ ދެމެދު ކުޑަވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގި އެވެ. އަދި އެމީހުން އެ ސަރަހައްދުން ދުރަށް ޖައްސަން ޕެޕަ ސްޕްރޭ ޖަހާތަން ވެސް ވީޑިއޯއިން ފެނެ އެވެ.
Fuluhun vanee pepper sprayge beynun kohfai.
— lotto Pi (@lottoPii) May 3, 2024
Inthihaabee membaru manday maraalan sihuru hedhi sihuruveriyaa adhives vanee court thereygai. https://t.co/CUVgDZIYTX pic.twitter.com/bmcfU0Yntv
ފުލުހުން 'ދައުރު'އަށް ބުނީ އެއީ ކޯޓު ތެރެއަށް ވަންނަން ބައެއް މީހުން މަސައްކަތް ކުރުމުން ހިނގި ހަމަނުޖެހުމެއް ކަމަށެވެ. މިހާރު ހަމަނުޖެހުން ކޮންޓްރޯލުކުރެވި އެ މުޒާހަރާ ވެސް ހުއްޓާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - ފުނަދޫން ދައުރުއާ ވާހަކަދެއްކި މީހުން ބުނިގޮތުގައި އެ މައްސަަލާގައި ހައްޔަރުކުރީ ތ. ވިލިފުށިން އެރަށަށް އައިސް އުޅުނު މީހެކެވެ. ސިހުރު ހަދާފައިވާކަން އެނގުނީ، އޭނާ ސިހުރު ހަދާތަން މީހަކަށް ފެނުމުންނެވެ.
ސިހުރު ހަދާފައިވާ 'ލޯމުރު' (ލޮއިން ހަދާފައި ހުންނަ ތޫނު އެއްޗެއް) އެރަށުގެ ބައެއް ގޭގެއިންނާއި، ގަަސްތަކަށް ޖަހާފައި ވަނިކޮށް ފެނިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެތަންތަނުގައި ސިހުރު ކަމަށް ބެލެވޭ އާޔަތްތަކެއް ވެސް ލިފައިވާ ހުރި ކަމަށް، ރަށުގެ ބައެއް މީހުން ބުނެ އެވެ.
ކޮމެންޓް (2)
ތޮލާލް
ވިލުފުށި