މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން ހުޅުމާލެގެ އެކި ސަރަހައްދުތައް އަދި އަތޮޅުތެރޭގެ ރަށްތަކުގައި ފޮގްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން. ފޮޓޯ: އެޗްޑީސީ

މާލެއިން ޗިކުންގުންޔާގެ 166 ކޭސް ރިޕޯޓުކޮށްފި، ހަތަރު ކޭސް ތިން އަތޮޅަކުން

މާލޭގެ އިތުރުން ދެން މިހާތަނަށް އެ ބަލި ފެތުރިގެން ރިޕޯޓްކުރީ ހއ، ށ. އަދި ބ. އަތޮޅުން

މިހާރު ފެތުރެމުން ދާ ޗިކުންގުންޔާގެ 170 ކޭހެއް މިހާތަނަށް ރިޕޯޓުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި މިދިޔަ ހަފްތާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުން ދާކަމަށް ވިދާޅުވެފަ އެވެ.

ތަފްސީލް - ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އޮފިޝަަލަކު "ދައުރު"އަށް ވިދާޅުވީ މާލޭ ސަރަހައްދުގެ އިތުރު ތިން އަތޮޅަކުން ވެސް ޗިކުންގުންޔާގެ ކޭސްތައް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާރު ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު:

  • މާލޭ ސަރަހައްދުން 166 ކޭސް

  • ހއ، ށ، އަދި ބ އަތޮޅުން ޖުމްލަ 4 ކޭސް

އޮފިޝަލް ވިދާޅުވީ ޗިކުންގުންޔާގެ ކޭސްތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން ދާތީ މަދިރި އާލާވާ ތަންތަން ނައްތާލައި، ސާފުކުރުމުގެ މަސައްކަތް ވެސް ކުރަމުން ދާ ކަމަށެވެ.

ޗިކުންގުންޔާއަކީ މަދަރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ.

"އާރްޑީސީ، އެމްޓީސީސީ ފަދަ ބޮޑެތި ކުންފުނިތަކާ ގުޅިގެން އެ ކުންފުނިތަކުގެ މަސައްކަތު ސައިޓުތަކުގައި ވެސް މަދިރި އާލާވާ ފަދަ ތަންތަން ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

މަދިރި މަދުކުރަން ހުޅުމާލެ އާއި އެހެން ރަށްތަކުގައި ފޮގްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ޗިކުންގުންޔާ އަކީ ކޮބާ؟

  • މި ބަލި ފެތުރެނީ ޑެންގޫ ހުން ޖައްސާ އީޑީސް މަދިރީގެ ޒަރީއާއިން

  • މި ބަލީގައި ހުޅުހުޅުގައި ރިއްސުމާއި ހުޅު ދުޅަވުން ފަދަ ކަންތައް ދިމާވޭ

ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި

  • 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން

  • ގަދަޔަށް ބޮލާއި ގައިގައި ރިއްސުން

  • ހުޅުހުޅުގައި ރިއްސުން

  • ހުޅު ދުޅަވުން

  • ބަނޑުގައި ރިއްސުމާއި މޭ ނުބައިކޮށް ހޮޑުލެވުން

  • ގައިގައި ރަތް ބިހިތަކެއް ނެގުން

ޗިކުންގުންޔާގެ އުނދަގޫތައް އެންމެ އާންމުކޮށް ދިމާވަނީ ބަނޑުގައި އޮންނަ ދަރިފުޅަށް މަންމަގެ ފަރާތުންނާއި ތުއްތުކުދިންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެހެން ބަލިތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލަކަށި މީހުންނަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް