ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

އުމުރުން 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން 61 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ ދެކުނުގެ ރަށަކުން

އުމުރުން 12 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 61 އަހަރުގެ ފިރިހެނަކު އިއްޔެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ހުށަހެޅީ ދެކުނުގެ ރަށަކުން ކަމަށެވެ.

ތަފްސީލު - ފުލުހުންގެ މެސެޖުގައި ބުނި ގޮތުގައި: 

  • އެ މައްސަލަ ހުށަހެޅީ މިިދިޔަ ހޮނިހިރު ދުވަހު

  • ފިރިހެން މީހާ ހައްޔަރުކޮށް، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ތަހުގީގް މަރުހަލާ ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް