ރިޔާސީ އިންތިހާބާ ދިމާކޮށް 'ދައުރު'ން ގެނެސްދިން 'ވޯޓު23' ސެގްމެންޓުގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ (ދައުރު ފޮޓޯ)

އަބްދުﷲ ޖިހާދު

އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދައި ޗެއާއަކަށް ޖިހާދު

އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ ބަދަލުކޮށްލެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ވެގެންދާނެ ކަމަށް

ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭޝަލް ސެންޓަރުތައް ގާއިމުކުރަން މި ސަރުކާރުން އުފައްދަން ވައުދުވެފައިވާ 'މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ' އުފައްދައި އެތަނުގެ ޗެއާޕާސަންއަކަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - މި އިދާރާ އުފައްދަން ނިންމާފައިވާކަން މިދިޔަ ޖެނުއަރީ މަހު ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ. ރައީސް އޭރު ވިދާޅުވިގޮތުން:

  • އެތަން ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރުމުގެ މަގު ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅަށް

  • އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމުކުރުމަށް ހާއްސަ ގާނޫނެއް ފާސްކުރާނެ 

ތަފްސީލް - މި އޮތޯރިޓީ އުފައްދައި ޗެއާޕާސަނަކަށް ޖިހާދު އައްޔަންކޮށްފައިވާކަން ހާމަކުރައްވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ އެކްސްގައި ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ ބަދަލުކޮށްލެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެނގުން މުހިންމު - ޖިހާދު މިދިޔަ އަހަރުގެ ފެބްރުއަރީ މަސްތެރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އައްޔަންކޮށްފައި ވަނިކޮށް މިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމަށް ކުރިމަތިވެވަޑައިގެން ނާކާމިޔާބީއަށް ފަހު އިންތިހާބުގެ ދެވަނަ ބުރުގައި ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް