ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެކި ކެންޑިޑޭޓުން ހުޅުމާލޭގައި ޖަހާފައިވާ ކެންވަސްތަކެއް. (ދައުރު ފޮޓޯ)

ހުޅުމާލެ

އާންމުންނަށް ދަތިވާތީ ހުޅުމާލޭގެ ކެމްޕޭން ބެނާތައް ނަގަން އެދިއްޖެ

މަޖިލިސް އިންތިހާބު ނިމި ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ގިނަ ބެނާތަކާއި ޕޯސްޓަރުތަކާއި ކެންވަސްތައް ހުރީ ނުނަގާ
30 އޭޕްރީލު 2024

ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ހުޅުމާލޭގެ އެކި ތަންތަނުގައި ހަރުކޮށްފައިވާ ކެމްޕޭން ބެނާތަކާއި ކެންވަސްތައް ނަގަން އެޗުޑީސީއިން މިއަދު އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - އެޗުޑީސީއިން ބުނީ މަޖިލިސް އިންތިހާބުގައި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބެނާ އާއި ކެންވަސް ޖަހަން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެފަދަ ތަކެތި ޖެހި ކަމަށެވެ.

މަޖިލިސް އިންތިހާބު ނިމި ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ގިނަ އަދަދެއްގެ ކެމްޕޭން ބެނާތަކާއި ޕޯސްޓަރުތަކާއި ކެންވަސްތައް ހުރީ ނުނަގައެވެ.

  • ކެންޑިޑޭޓުން ބެލީ އެކަކަށް ވުރެ އަނެކަކު ވީހާ ވެސް ބޮޑު ބެނާތައް ޖަހަން (ދައުރު ފޮޓޯ)
  • އިންތިހާބު ނިމުމުން ކެމްޕޭން މެޓީރިއަލްސް ނަގަން ބައެއް ކެންޑިޑޭޓުން ހަނދާން ނައްތާލާއ (ދައުރު ފޮޓޯ)
  • ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ހުޅުމާލޭގައި ޖަހާފައިވާ ކެންވަސްތަކެއް. (ދައުރު ފޮޓޯ)
  • ވަރަށް ގިނަ އަދަދެއްގެ ކެންވަސްތައް އެކި ސަރަހައްދުތަކުގައި ހަރުކުރި (ދައުރު ފޮޓޯ)

ތަފްސީލު - އެޗުޑީސީއިން ބުނީ އާންމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލި ކަމަށް ވިޔަސް، އެތަކެތީގެ ސަބަބުން މަގު ބޭނުންކުރާ އާންމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށެވެ.

"އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕޭން ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް އެއް ހަފްތާ ތެރޭގައި ނަގައިދިނުމަށް މި ކޯޕަރޭޝަނުން އެދެމެވެ،" އެޗުޑީސީގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް