އަހާ ފޯރަމްގައި އާންމުންގެ މީހަކު މިނިސްޓަރުންނާ ސުވާލުކުރަނީ (ފައިލް ފޮޮޓޯ/ޕީޕީއެމް)

ރައީސް އޮފީސް

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން 'އަހާ ފޯރަމް' މިރޭ؛ ފަސް ވަޒީރަކު ބައިވެރިވާނެ

މި ފޯރަމް މިރޭ އޮންނާނީ ޓީވީއެމްގައި. މާޗު މަހު ބާއްވަން އޮތް ފޯރަމް ފަސްކުރީ ރޯދަމަހާ ދިމާވުމުން ކަމަށް ރައީސް އޮފީހުން ބުނޭ

ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ 'އަހާ' ސިލްސިލާގެ ތިން ވަނަ ފޯރަމް ފަސް ވަޒީރަކާ އެކު މިރޭ ބާއްވަން ނިންމައިފި އެވެ.  

ވީ ކިހިނެއް؟ - އަހާ ފޯރަމްތަކަކީ ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކެކެވެ.

މީގެ ފުރަތަމަ ފޯރަމް ބޭއްވީ މިދިޔަ 25 ޖެނުއަރީގަ އެވެ. މިދިޔަ 23 ފެބްރުއަރީގައި އޮތް މި ސިލްސިލާގެ ދެވަނަ ފޯރަމްގައި ރައްޔިތުންގެ ޝަކުވާތަކާއި ސުވާލުތަކަށް ޖަވާބުދެއްވަން ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. 

މި ސިލްސިލާގެ ތިންވަނަ ފޯރަމް ބާއްވަން ފުރަތަމަ ހަމަޖެއްސީ މިދިޔަ މަހުގަ އެވެ. އެކަމަކު އެ ފޯރަމް ފަސްކުރީ ރޯދަމަހާ ދިމާވުމުން ކަމަށް ރައީސް އޮފީހުން މިއަދު ބުންޏެވެ.

ތަފްސީލް - މިރޭ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ:

  • ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން

  • ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

  •  ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު އަމީން

  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ

  • ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު

އަހާ ސިލްސިލާ ފޯރަމް ބާއްވަން ފެށީ އާންމުންނަށް ބައިވެރިވެވޭނެހެން ހާމަ ތަނެއްގައި ނަމަވެސް، މިއަދާއި މިރޭ މާލެ ސަރަހައްދަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ، މިރޭގެ ފޯރަމް އޮންނާނީ ޓީވީ މޯލްޑިވްސްގަ އެވެ.

އެނގުން މުހިންމު - އަހާ ސިލްސިލާގެ ފޯރަމްތައް ކުރިއަށް ގެންދަން ރާވާފައި ވަނީ ކޮންމެ ތިން މަހުން އެއް މަހު އެވެ. އަދި ކޮންމެ ދެ މަހުން އެއް މަހު ސީދާ ވަޒީރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ގޮތަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް