'ދަ ޑިމޮކްރެޓްސް'ގެ ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ދައުރު ފޮޓޯ/ ހުސެން ސުނޭން)

ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ތަން ހުސްކޮށް، ރޫޅާލައިފި

އެ ތަނުގައި ޑިމޮކްރެޓްސްގެ ހަރުގެ އެޅީ ކުރިން އެތާ ހިންގި އެމްޑީޕީގެ މައި ހަރުގެ ރޫޅާލުމަށްފަހު

ޑިމޮކްރެޓްސްގެ ހަރުގެ ހިންގާ ތަން ހުސްކޮށް، ހަރުގެ ރޫޅާލައިފި އެވެ.

ވީ ކިހިނެއް؟ - ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ބިމަކީ މީގެ ކުރިން އެމްޑީޕީގެ މައި ހަރުގެ ހިންގި ބިމެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެ ހަރުގޭގައި ހުރި ޑިމޮކްރެޓްސްގެ ސާމާނު އެ ތަނުން ނެރެ ތަން ހުސްކުރާ މަންޒަރު ވަނީ ފެނިފަ އެވެ.

ތަފްސީލް - ޑިމޮކްރެޓްސްގެ ހަރުގެ ރޫޅާލަނީ ކީއްވެ ކަމެއް އަދި އެ ޕާޓިގެ ހަރުގެ ބަދަލު ކުރަނީ ކޮން ތަނަކަށް ކަމެއް ސާފެއް ނުވެ އެވެ. އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ތަން ހުސްކުރަނީ، ހަރުގެ ހިންގާ ބިމަށް ދައްކަންޖެހޭ ކުލި ބޮޑުކަމުންނެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ވެސް ޑިމޮކްރެޓްސްގެ ބަހެއް ނުލިބެ އެވެ.

ފާހަގަ ކުރެވޭ - ޑިމޮކްރެޓްސް އުފެއްދީ އެމްޑީޕީގެ އެތެރޭ އުފެދުނު ހިޔާލުތަފާތުވުންތަކާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިިސްކޮށް ހުންނަވައިގެންނެވެ. އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވަނީ ނަޝީދުގެ އަރިހުގައި އެމްޑީޕީ އިން ކެނޑިގެން ޑިމޮކްރެޓްސް އަށް ބަދަލުވި ބޭފުޅުންނެވެ. 

މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސް އިން ވާދަކުރި އެވެ. މަޖިލިސް އިންތިހާބުގައި އެ ޕާޓީ އަށް އެއްވެސް ގޮނޑި އެއް ކާމިޔާބެއް ނުވެ އެވެ.

ކޮމެންޓް (1)

profile-image-placeholder

ޖޭޒު

29 އޭޕްރީލު 2024
އަލިއްލަ ޕާޓީ ރޫޅުނީތަ ހާހާހާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް