ވިލާ ކޮލެޖުގެ އާ ކޯސްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ވިލާ ކޮލެޖު)

ވިލާ ކޮލެޖު

ރާއްޖޭގެ ފުރަތަމަ އިންޖިނިއަރިންގެ މާސްޓާސްއާ އެކު ވިލާ ކޮލެޖުން އާ ކޯސްތަކެއް ތައާރަފްކޮށްފި

އަލަށް ތައާރަފްކުރި ކޯސްތަކުގައި ވިލާ ކޮލެޖުގެ މެއި އިންޓޭކްގައި ބައިވެރިވެވޭނެ. ކޯސްތަކަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 4 މެއި
28 އޭޕްރީލު 2024

ވިލާ ކޮލެޖުން އެކި ފަންތީގެ އާ ކޯސްތަކެއް ތައާރަފްކޮށްފި އެވެ.

ވީ ކިހިނެއް؟ - ވިލާ ކޮލެޖުގައި ބޭއްވި ހަފްލާއެއްގައި އެ ކޯސްތައް ތައާރަފްކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

ވިލާ ކޮލެޖުގެ އާ ކޯސްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު (ވ). (ފޮޓޯ/ވިލާ ކޮލެޖު)

ވިލާ ކޮލެޖުން އަލަށް ތައާރަފްކުރި ކޯސްތައް

  • ސެޓްފިކެޓް 3 ކަލިނަރީ އާޓްސް

  • މާސްޓާ އޮފް ކްލިނިކަލް ސައިކޮލޮޖީ

  • ބެޗްލާ އޮފް ސިވިލް އިންޖިނިއަރިންގ (އޮނާސް)

  • މާސްޓާ އޮފް އިންޖިނިއަރިން (އިލެކްޓްރިކަލް)

  • މާސްޓާ އޮފް އިންޖިނިއަރިން (މެކޭނިކަލް)

  • މާސްޓާ އޮފް އިންޖިނިއަރިން (މެކަޓްރޮނިކްސް)

  • މާސްޓަރ އޮފް އިންޖިނިއަރިން (ކޮމްޕިއުޓިން)

މި ކޯސް ތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވިލާ ކޮލެޖުގެ މެއި 2024 އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ކޯސްތަކުގައި ބައިވެރިވާން އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 4 މެއި އެވެ.

މާސްޓާ އޮފް އިންޖިނިއަރިން އަދި ބެޗެލާ އޮފް ސިވިލް އިންޖިނިއަރިން

ވިލާ ކޮލެޖުގެ މާސްޓާ އޮފް އިންޖިނިއަރިން ކޯސްތަކަކީ، އެ ކޮލެޖުން ބުނާ ގޮތުގައި ރާއްޖޭގައި ތައާރަފްކުރި އެންމެ ފުރަތަމަ އިންޖިނިއަރިން މާސްޓާ ލެވެލްގެ ކޯސްތަކެވެ.

ވިލާއިން ބުނީ މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކޯސްތަކެއް ކަމަށެވެ.

ކަލިނަރީ އާޓްސްގެ ސެޓްފިކެޓް ލެވެލް 3

މި ޕްރޮގްރާމްގެ ތައާރަފުގައި ވިލާ ކޮލެޖުގެ ސެންޓާ ފޮ ފޮއުންޑޭޝަން ސްޓަޑީޒްގެ ޑެޕިއުޓީ ޑީން އައިމިނަތު ސުހާ ވިދާޅުވީ މި ކޯހުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަމާއި ރައްކާތެރިކަމާއި ތާޒާކަމާ އެކު ކާބޯތަކެތި ތައްޔާރުކުރާނެ ގޮތް ދަރިވަރުންނަށް ދަސްވާނެ ކަމަށެވެ.

މާސްޓާ އޮފް ކްލިނިކަލް ސައިކޮލޮޖީ

މި ކޯހުގެ ތައާރަފެއް ދެއްވަމުން ސްކޫލް އޮފް ސައިކޮލަޖީގެ ހެޑް ޑރ. އައިޝަތު ނަޝީދާ ވިދާޅުވީ މި ކޯހުން ގްރެޖުއޭޓުވާ ދަރިވަރުން ނަފްސާނީ ސިއްހަތުގެ 'ޗެމްޕިއަނުންނަށް'ވެ، ކްލިނިކަލް ސައިކޮލޮޖިކަލް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރަގު ހައްލުކުރުމުގައި އެހީތެރިވެދޭނެ ކަމަށެވެ.

މި ކޯހުގައި ކިޔަވަދޭނީ ޕީއެޗްޑީ އޮންނަ، ސައިކޮލަޖީ ދާއިރާގައި އުޅުއްވާ ގާބިލް ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް