ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ހަލީލު (ފޮޓޯ/ ރައީސް އޮފީސް)

ރައީސް އޮފީސް

ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކޮށްފި

ނޫސްވެރިންނަށް ރައީސް އޮފީހުގެ ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކަން އެންގީ މިއަދު. ދުރާލާ އެފަދަ އެންގުމެއް އަންގާފައި ނުވާތީ، މިއަދުގެ ބައްދަލުވުމުގައި އެ ފުރުސަތު ދިން ނަމަވެސް ކުރިއަށް އޮތް ތަނުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުން ވަނީ އަންގާފައި

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޕްރެސް ރޫމަށް ފޯން ވެއްދުން މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން އެގޮތަށް އެންގީ، މިއަދު ހެނދުނު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވި ނޫސްވެރިންނަށެވެ.

ތަފްސީލު - ރައީސް އޮފީހުން އެގޮތަށް އެންގުމުން ފޯނާ ނުލައި ޕްރެސް ރޫމަށް ވަނުމަށް ނޫސްވެރިން ވަނީ ދެކޮޅު ހަދާފަ އެވެ.

އެއާ އެކު މީގެ ކުރިން މިފަދަ އެންގުމެއް ނޫސްވެރިންނަށް އަންގާފައިނުވާތީ، ރައީސް އޮފީހުން ވަނީ މިއަދުގެ ބައްދަލުވުމަށް ފޯނު ވެއްދުމުގެ ހުއްދަ ނޫސްވެރިންނަށް ދީފަ އެވެ.

އެހެން ނަމަވެސް ދެން ބާއްވާ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެކަން މިއަދު ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.

ނޫސްވެރިންނަށް ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރީ، ރައީސް އޮފީހުން ބުނި ގޮތުގައި ސަލާމަތީ ސަބަބުތަކަކަށެވެ. މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮންނަނީ، އެ އޮފީހުގެ ބައްދަލުވުންތަކަށް އަންނަ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

އެނގުން މުހިންމު - މިއީ ނޫސްވެރިންނަށް، ރައީސް އޮފީހުގެ ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރި ފުރަތަމަ ފަހަރެވެ. 

ކޮމެންޓް (1)

profile-image-placeholder

ހޫން

28 އޭޕްރީލު 2024
ވެރީ ސަސް.......

އިތުރު އާޓިކަލް

އިތުރު އާޓިކަލް