ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް (ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)

'ގަން-ފޮނަދޫ' މި ދައުރުގައި ސިޓީއަކަށް ވާނެ: ފައިސަލް

ފައިސަލް ވިދާޅުވީ، ޕީއެންސީ ވެރިކަމަށް އައިސް އެ ޕާޓީ އިން މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދުމަކީ އޭނާގެ ބައްޕަ ކުރެއްވި ބުރަ މަސައްކަތް ކަމަށް

ދެކިވަޑައިގަތުމަށް ބޭނުންފުޅުވަނީ 'ގަން-ފޮނަދޫ' ސިޓީ އަކަށް ވެގެންދާތަން ކަމަށާއި ލ. އަތޮޅުގެ ރައްޔިތުން މި ސަރުކާރަށް ތާއީދު ކުރުން މަތީ ދެމިތިބުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިލްތިމާސް ކުރަެއްވައިފަ އެވެ.

ވީ ކިހިނެއް؟ - ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. އަތޮޅުން ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ އެ އަތޮޅު ފޮނަދޫގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން ހަވީރު ބޭއްވި ސައިކަލު ބުރަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބު އަންނަ އިރު ގަން-ފޮނަދޫ ސިޓީ އަކަށް ބަދަލުވާނެ ކަމަށެވެ.

"ބުނީ ކީކޭ؟ - "އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބެއްގައި މިތަނުގައި ބޭއްވޭނީ މޭޔަރު ކަމުގެ އިންތިހާބު. ސިޓީއެއްގެ ދަރަޖަ އަށް މިތަން ބަދަލު ކުރެވި މިތަނުގައި ދެން އަޅުގަނޑުމެން އިންތިހާބު ކުރާނީ ގަން-ފޮނަދޫ ސިޓީގެ މޭޔަރު،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ގަން-ފޮނަދޫ ސިޓީ އަކަށް ބަދަލު ކުރުމަށް ބޭނުންވާ ހުރިހާ ކަމެއް މި ސަރުކާރުގައި ގާއިމް ކުރާނެ ކަމަށެވެ. އެގޮތުން ވިދާޅުވީ

  • ސިއްހީ އެންމެ ފުރިހަމަ ފަރުވާ ދެވޭނެ ހޮސްޕިޓަލުތައް ތަރައްގީ ކުރާނެ ކަމަށް

  • ލ. އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ގާއިމް ކުރާނެ ކަމަށް

  • ގަން-ފޮނަދޫގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް

  • ޒުވާނުންނަށް ސްޕޯޓްސް އެރީނާތަކާއި އެހެން ވަސީލަތްތައް ގާއިމް ކުރާނެ ކަމަށް

  • އަންހެނުންނަށާއި އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެހާ ވަސީލަތްތައް ގާއިމް ކުރާނެ ކަމަށް

"އިރާދަކުރެއްވިއްޔާ ރާއްޖޭގައި އެންމެ ފުރިހަމައަށް ގާއިމްވެފައި އޮތް ސިޓީ އަށް ގަން-ފޮނަދޫ ވެގެންދާނީ ރައީސް މުއިއްޒުގެ މި ސަރުކާރުގައި." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިއަދު ލ. އަތޮޅާއި ހަމައަށް ގޮސްފައިވާ ކަމަށެވެ. އެކަން ލ. އަތޮޅާ ހަމައަށް ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސަލްގެ ބައްޕާފުޅު، ރައީސް މުހައްމަދު މުއިއްޒުގެ އިސް ވަޒީރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް އިޝާރާތް ކުރައްވާ ވިދާޅުވީ މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަކީ އަބްދުއްރަހީމް ކުރެއްވި ބުރަ މަސައްކަތެއް ކަމަށެވެ.

"...ރާއްޖޭގައި މިއަދު ގާއިމްވެފައި މިއޮތް ޕީއެންސީގެ ސަރުކާރަކީ، މި ޕާޓީ ނިސްބަތްވަނީ މި ލ. އަތޮޅަށް. މިއީ މި ލ. އަތޮޅުގެ ދަރިއަކު ކުރި ވަރަށް ބުރަ މަސައްކަތް.31 އަހަރު ވަންދެން ލ. އަތޮޅުގެ ދަރިޔަކު ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރި މަސައްކަތް،" ފައިސަލް ވިދާޅުވި އެވެ.

ކޮމެންޓް (3)

ސިކުނޑި

28 އޭޕްރީލު 2024
ގަން ފޮނަދޫ އެކެއް ނުކުރެވޭނެ! ތިއުޅެނީ ބޮނޑިއެއް ބޯން!
0 0

ިހިތަދޫ 2

28 އޭޕްރީލު 2024
މުއިޒަ ކައިރި އަހާފަތަ ތިހެން ތިބުނީ ފައިސަލް؟ އެމް އެމް ޕީ އާރުސީ ވެސް ރިބްރޭންޑް ކުރާ ވާހަކަ ދެއްކި އެކަމަކު ފައިސަލް ނޫނިއްޔާ ދެނަހުރި މިހެއްނުވި
0 0

ލާލާމަރުކަޒީ

27 އޭޕްރީލު 2024
މަސައްކަތް ކާމިޔާބު ވުމަކީ ސިޓީގެ ދަރަޖަ ދޭންޖެހޭނެ ކަމެއް ނޫން. ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަން. މަނިކުފާނަށް ޓޫރިޒަމް މިނިސްޓަރުކަން. މުސްތަގުބަލުގައި ބައްޕައަށް މަޖިލިސް ރައީސްކަން. މިއީ މަސައްކަތް ކާމިޔާބުވީމައި ވާންޖެހޭނެ ކަންތައްތަކަކީ. ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބެން ޖެހޭނީ ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވުމުން
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް