ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު ދާއިރާގެ ރަށްތަކަށް ވަޑައިގަތުން.

ރައީސްގެ ކޮއްކޮ ސައުދާގެ ކާމިޔާބީ ފާހަގަކުރަން ހަވާ އަރުވައިފި

މިނިވަން ކެންޑިޑޭޓަކާ ވާދަކުރައްވައި ސައުދާ ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ %65ގެ އަގުލަބިއްޔަތަކުން

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ހޯއްދެވި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޖިލިސް އިންތިހާބުގައި ސައުދާ ވާދަކުރެއްވީ ފ. އަތޮޅު ނިލަންދޫ ދާއިރާއަށެވެ. މިނިވަން ކެންޑިޑޭޓަކާ ވާދަކުރައްވައި ސައުދާ އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ %65ގެ އަގުލަބިއްޔަތަކުންނެވެ.

ތަފްސީލު - އެ ކާމިޔާބީ ފާހަގަކުރައްވަން ސައުދާ ވަނީ އިއްޔެ ނިލަންދޫ ދާއިރާގައި ހިމެނޭ ނިލަންދޫ އާއި ދަރަނބޫދޫއަށް ވަޑައިގެންފަ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު ދާއިރާގެ ރަށްތަކަށް ވަޑައިގަތުން.
ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމަށްފަހު ދާއިރާގެ ރަށްތަކަށް ވަޑައިގަތުން.

އެ ދެ ރަށުން ވެސް ސައުދާއަށް ބޮޑުބެރާއި ރަތް ދޫލައަކުން ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި ސައުދާގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ދެ ރަށުގައި ވެސް ވަނީ ހަވާ އަރުވާފަ އެވެ.

އެނގުން މުހިންމު - ސައުދާއަށް ނިލަންދޫ ދާއިރާގެ ޕީއެންސީ ޓިކެޓު ދިނީ ޕްރައިމަރީއަކާ ނުލަ އެވެ.

ސައިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ސައުދާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފަ އެވެ.

ކޮމެންޓް (4)

profile-image-placeholder

ހަސަނު

26 އޭޕްރީލު 2024
އެއީ އެމީހާ އަމިއްލައަށް ހަރަދު ކޮށްގެން

އެނގޭ

27 އޭޕްރީލު 2024
@ހަސަނު ނުހުންނާނެ އޭނަ އަތުގަ އެވަރަށް ލާރި އެއް. އެނގޭ މީހަކަށް ވާތީ މި ބުނީ

ަތައަތު

26 އޭޕްރީލު 2024
މިވެސް ހަމަ ހަރަދުދޯ. ބޭކާރު ހަރަދު ކުރަން މުއިއްޒު ވެސް ފަސްނުޖެހޭނެ ކަން މިއެނގެނި

މަރުދުރު

26 އޭޕްރީލު 2024
ވިސްނާލަބަލަ ބާރެއްް ލިބުނީމާ، ޓްރާންސްޕޭރެންސީއެއްް ނެތި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުންކޮށްލާވަރު. ކުރިއަށް ގެންދޭ ގާނޫނު އަރާ ހަމަ ކުރާނެ ދުވަހެއް އަންނާނެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް