ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު، މުހައްމަދު ރަޝީދު: އޭނާ މަޖިލީހަށް އިންތިހާބުވީ އަމިއްލަ ގޮތުން ވާދަކޮށްގެން

ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު ޕީއެންސީއަށް ސޮއިކޮށްފި

ޕީއެންސީއަށް މިހާތަނަށް ސޮއިކޮށްފައިވާ 7 އިންތިހާބީ މެންބަރުންނާ އެކު އާ މަޖިލީހުގައި ޕީއެންސީގެ 73 މެންބަރުން ތިއްބަވާނެ
24 އޭޕްރީލު 2024
2

އަމިއްލަ ގޮތުން ވާދަކޮށް ނޮޅިވަރަމް ދާއިރާއަށް އިންތިހާބުވި މުހައްމަދު ރަޝީދު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފި އެވެ. 

ވީ ކިހިނެއް؟ - އޭނާގެ ފޮޓޯއަކާ އެކު ޕީއެންސީގެ ރަސްމީ އެކްސް އެކައުންޓުގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ރަޝީދު އެ ޕާޓީއަށް ސޮއިކުރައްވައި އެ ޕާޓީގެ މެންބަރަކަށް ވެފައިވާ ކަމަށެވެ. 

އެނގުން މުހިންމު - އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވެފައިވާ 6 ބޭފުޅަކު ވެސް ރޭ ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. ޕީއެންސީއަށް މިހާތަނަށް ސޮއިކޮށްފައިވާ 7 އިންތިހާބީ މެންބަރުންނާ އެކު އާ މަޖިލީހުގައި ޕީއެންސީގެ 73 މެންބަރުން ތިއްބަވާނެ އެވެ. 

ފާހަގަކޮށްލެވޭ - ގާނޫނު އަސާސީ ބަދަލުކުރެވޭ ވަރުގެ ސުޕަމެޖޯރިޓީއަކީ 93 މެންބަރުންގެ ތެރެއިން 70 މެންބަރުންނެވެ. މިއާ އެކު، ވެރިކަންކުރާ ޕީއެންސީއަށް މި ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފަ އެވެ. 

ކޮމެންޓް (2)

profile-image-placeholder

ބަދުރު

26 އޭޕްރީލު 2024
މީގަ ގޯހީ ވޯޓު ލާ މީހުން، ތަނެއް ދޮރެއް ބަލާލުމެއްނެތި މީހުންނަށް ވޯޓު ދޭތީ މައްސަލަޔަކީ. މީނަ ހޮވުނީތީ ހަމަ ހައިރާންވެފަ މީނީ.

ބަޖާޖު

25 އޭޕްރީލު 2024
ވޯޓު މަލީ ބޭކާރޭވީ، ކެމްޕޭން މަކުރި ބަރުބާދޭވީ، އޭރު އެހާ އިތުބާރުކުރީތީ، މިހާރު އެކޮޅަށް ބަދަލުތިވީ....

އިތުރު އާޓިކަލް

އިތުރު އާޓިކަލް