އަލްސަންގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން.

ބޮޑު 2 ޕާޓީ ބަލިކޮށް މަޖިލީހަށް އެ ދަނީ އެންމެ ޒުވާން މެމްބަރުގެ ގޮތުގައި

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް އުމުރުން 26 އަހަރުގެ އަލްސަން ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކުރެއްވުމަށްފަހު
24 އޭޕްރީލު 2024

"މިކަމުގެ މި ދައްކުވައިދެނީ މި ދާއިރާގައި ޕާޓީ ރޫހަށް ތަރުހީބު ނެތް ކަން،" މަޖިލިސް އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް، ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު އަލްސަން އަހުމަދު ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި އުމުރުން އެންމެ 26 އަހަރުގެ އަލްސަން ތިނަދޫ ދެކުނުގެ ގޮނޑި ކާމިޔާބުކުރެއްވީ ވޯޓުގެ %39 ހޯއްދަވައިގެންނެވެ. އަލްސަންއާ އެކު ވާދަކުރި އިތުރު ހަތަރު ކެންޑިޑޭޓުން ބަލިކުރެއްވުމަށްފަހު އެވެ.

އަލްސަންގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން.
އަލްސަންގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން.

ތިނަދޫ ދެކުނު ދާއިރާގެ ވަގުތީ ނަތީޖާ

  • މުހައްމަދު އަލްސަން އަހްމަދު (އަމިއްލަ) - 870 ވޯޓު

  • އަބްދުﷲ ޝަރީފް (ޕީއެންސީ) - 799 ވޯޓު

  • ޒިފްލީނާ ހަސަން (އެމްޑީޕީ) - 519 ވޯޓު

  • ފާތިމަތު ސައުދަތު ޝާކިރު - 16 ވޯޓު

  • ހަސަން ފައިހަތު ގުދުރަތުﷲ - 5 ވޯޓު

އަލްސަންގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން.

އަލްސަން މަޖިލިސް މެމްބަރުކަމަށް ކުރެއްވި ދަތުރަކީ، އޭނާ ވިދާޅުވާ ގޮތުގައި، ފަސޭހަ ދަތުރެއް ނޫނެވެ.

"މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތީމަ އަޅުގަނޑު ހުރިހާ ކަމެއް ވެސް ފަށަން ޖެހުނީ ސުމަކުން. އެއީ އެންމެ ބޮޑު ގޮންޖެހުމަކީ،" އަލްސަން ވިދާޅުވި އެވެ.

"ކެމްޕޭން ކޮށްލަން ވެސް ލިބުނީ ދެ މަސް ދުވަސް. މިއީ އަޅުގަނޑުގެ އާއިލާ އާއި ކެމްޕޭން ޓީމްގެ ބުރަ މަސައްކަތް. ވަރަށް ޒުވާން ކެމްޕޭން ޓީމެއް އަޅުގަނޑާ އެކު އޮތީ."

އަލްސަންގެ ކެމްޕޭން ރެލީއެއް.

ސިޔާސީ ޕާޓީތަކުން މަޖިލިސް ކޮންޓްރޯލް ކުރިޔަސް، އެއީ އަލްސަން ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ނޫނެވެ.

"އަޅުގަނޑު ކެމްޕޭން ޖަލްސާއެއްގައި ވެސް ބަހުސްގައި ވެސް ބުނިން، އަޅުގަނޑު ސަރުކާރަށް ޖެއްސުމެއް ނުކުރާނަމޭ. ރަށުގެ ތަރައްގީއަށް ކުރާ ހުރިހާ ކަމަކަށް ވެސް އަޅުގަނޑު މި ހުރީ ތާއީދުކުރާ ގޮތަށް،" އަލްސަން ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް