ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި، މަޖިލިސް ރައީސް މުހައްމަދު އަސްލަމް (ފޮޓޯ/ މަޖިލިސް)

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނުބޭއްވުނު

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 އަށް ހަމަވާނެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 9 ޖަހާއިރު ފެށި ޖަލްސާގެ ކޯރަމް ހަމަނުވެގެން 30 މިނެޓަށް ޖަލްސާ މެދުކަނޑާލުމަށް ފަހު، 9:30 ގައި ޖަލްސާ ނިންމާލީ އެ ވަގުތުގެ ތެރޭގައި ވެސް ކޯރަމް ހަމަނުވެގެންނެވެ.

ތަފްސީލް - މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ނިންމާލިއިރު ޖަލްސާގެ އެޖެންޑާގައި ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް އާ ސުވާލު ކުރުމަށް ހިމަނާފައިވެ އެވެ.

  • ޖަލްސާ ނިންމާލިއިރު މިނިސްޓަރު ޖަލްސާ އަށް ހާޒިރުވެވަޑައިގެން އިންނެވި

  • އިއްޔެގެ ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ އަދަދު މަަދުކަމުން، ޕާޓީތަކުން އެދިގެން އިއްޔެގެ ވޯޓުތައް މިއަދަށް ފަސްކުރި ކަމަށް އިއްޔެ ރިޔާސަތުން އިއުލާނު ކޮށްފައިވޭ

މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އެޖެންޑާގައި ހިމަނާފައިވާ މުހިއްމު ކަންތަކުގެ ތެރޭގައި؛

  • ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް އެހުން

  • ސީއެސްސީ ގެ މެންބަރުން އައްޔަނު ކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުން

ފާހަގަ ކުރެވޭ - މިހާރު އޮތް19 ވަނަ  ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ މަހުގެ15 އަށް ހަމަވާއިރު މިހާރުގެ މަޖިލީހުގައި ތިއްބަވާ ގިނަ މެންބަރުން ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އިންތިހާބު ވެފައެއް ނުވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް