ފުލުހުން އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގެންފައިވާ ޑްރަގްތަކެއް އަޅާފައި ހުރި ފުޅިތަކެއް: ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގުގެ ވަބާ (ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ިޑްރަގް ބްލެޓްތަކެއް ދިރުވާލައިގެން ހާލު ސީރިއަސްވެ އައިސީޔޫގައި

ފުލުުހުން އެ މީހާ ހިފެހެއްޓީ މާލޭ މަގުމަތިން އޭނާގެ ހަރަކާތްތަކާ މެދު ޝައްކުވެގެން
24 އޭޕްރީލު 2024

ފޮރުވަން ވެގެން ޑްރަގް ބްލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ. 

ވީ ކިހިނެއް؟ - ފުލުހުން ބުނީ ރޭ މާލޭ މަގުމަތި ޕެޓްރޯލް ކުރަން އުޅުނު ފުލުހުންތަކަކަށް މީހެއްގެ ހަރަކާތްތަކާ މެދު ޝައްކު ވެގެން އޭނާ ހުއްޓުވައި އިތުރަށް ބެލިއިރު ޑްރަގް ކަމަށް ބެލެވޭ އެއްޗިހިތަކެއް އޭނާގެ ހަށިގަނޑު ތެރޭ ފޮރުވާފައި ހުރި ކަމަށެވެ. 

ތަފްސީލް - ފުލުހުން ބުނީ އޭނާ ދިރުވާލާފައިވާ ކަމަށް ބެލެވޭ ޑްރަގް ބްލެޓްތަކުގެ ސަބަބުން އޭނާގެ ހާލު އިތުރަށް ސީރިއަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެކަން މިހާރު އޭނާގެ އާއިލާއާ ހިއްސާކޮށް ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް