ރައީސް މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖީލީހުގެ ބައްދަލުވުމެއްގައި ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވަނީ މަޖިލިސް މެމްބަރުންނަށް ދާއިރާތަކުގެ ހިދުމަތް އަވަސް ކޮށްދިނުމަށް މިނިސްޓްރީގެ ފަރާތުން މަންދޫބެއް ކަނޑައަޅުއްވާފައި. (ފޮޓޯ/ރައީސް އޮފީސް)

ހިދުމަތް އަވަސްކޮށްދިނުމަށް މަޖިލިސް މެމްބަރުންނަށް އިސްލާމިކް މިނިސްޓްރީން މަންދޫބެއް ހަމަޖައްސައިފި

މިނިސްޓަރު ޝަހީމް ވިދާޅުވީ، ޕާޓީތައް ތަފާތު ކުރުމެއް ނެތި، ދާއިރާތަކަށް ބޭނުންވާ ކަންކަމުގައި މިނިސްޓްރީން ހުރިހާ މެމްބަރުންނަށް ހިދުމަތް ދޭނެ ކަމަށް
23 އޭޕްރީލު 2024

ދާއިރާގެ ކަންކަމުގައި ހިދުމަތް އަވަސްކުރުމަށް، ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންނަށް އިސްލާމިކް މިނިސްޓްރީން ހާއްސަ މަންދޫބެއް ހަމަޖައްސައިފި އެވެ.

ތަފްސީލް - އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި:

  • މަޖިލިސް މެމްބަރުންގެ ހިދުމަތުގައި މަންދޫބެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނައީމް

  • މަންދޫބު މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީން ބޭނުންވާ ހުރިހާ ހިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭނެ

"ރައީސް [މުހައްމަދު] މުއިއްޒުގެ އިރުޝާދަކީ ރައްޔިތުންނަށް އަވަސް ހިދުމަތް ދިނުން،" ޝަހީމް ވިދާޅުވި އެވެ.

"މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ މަންދޫބުން ކަމުން އެ ބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ. ޕާޓީތައް ތަފާތު ކުރުމެއް ނެތި އެންމެހާ މެމްބަރުންނަށް ހިދުމަތް ދޭނެ."

ފާހަގަކޮށްލެވޭ - މިދިޔަ އާދިއްތަ ދުވަހު އޮތް މަޖިލިސް އިންތިހާބުގައި 66 ގޮނޑި ކާމިޔާބުކޮށްގެން ވެރިކަން ކުރާ ޕީއެންސީން ވަނީ 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފަ އެވެ. އެއާއެކު ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ ހިންގުން އަދި "މި ފެށުނީ" ކަމަށާއި ސަރުކާރާއި މަޖިލިހުގެ މެމްބަރުން ރައްޔިތުންނަށްޓަކައި ދެން ތިބެން ޖެހޭނީ "24 ގަޑިއިރު ހޭލާ" ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް