މަޖިލީހުގެ 20 ވަނަ ދައުރުގައި އައްޑޫ އާއި މާލޭގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީއަށް.

މާލެ އާއި އައްަޑޫގެ މެޖޯރިޓީ ޕީއެންސީއަށް ފުރޮޅިއްޖެ

މިއީ އެމްޑީޕީއަށް މާލެ އާއި އައްަޑޫގެ މެޖޯރިޓީ ގެއްލުނު ފުރަތަމަ ފަހަރު

މީގެ ކުރިން އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހުގައި އޮތް މާލޭގެ ދާއިރާތަކާއި އައްޑޫގެ ދާއިރާތައް އެ ޕާޓީއަށް ގެއްލި، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއިން މަޖިލީހުގެ އައްޑޫ އަދި މާލޭގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ކާމިޔާބުކުރެވުނީ މާލޭގެ 17 ދާއިރާގެ ތެރެއިން 3 ދާއިރާ އެވެ.

ތަފްސީލް - 'ދައުރު'އަށް ލިބިފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު އައްޑޫގެ އަށް ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ކާމިޔާބުވީ ދެ ގޮނޑި އެވެ.

ވަގުތީ ނަތީޖާއިން މަޖިލީހުގެ ދާއިރާތައް ބެހިފައިވާ ގޮތް.

މާލޭގެ ވަގުތީ ނަތީޖާ

  • ހުޅުމާލެ ދެކުނު ދާއިރާ - އަހުމަދު ޝަމްހީދު (އެމްޑީޕީ)

  • މެދުހެންވޭރު ދާއިރާގެ - ހުސެން ނާސިހު (ޕީއެންސީ)

  • ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ؛ ހުސެން އިމްރާން ލަތީފް (ޕީއެންސީ)

  • ހެންވޭރު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ؛ އަހުމަދު އައިފާން (ޕީއެންސީ)

  • ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ މުހައްމަދު އިބްރާހިމް، ކުޑޫ (އެމްޑީޕީ)

  • ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ މީކާއިލް އަހުމަދު ނަސީމް (އެމްޑީޕީ)

  • މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ އިބްރާހިމް މުހައްމަދު (ޕީއެންސީ)

  • މައްޗަންގޮޅި ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ މުސްތޮފާ ހުސެން (ޕީއެންސީ)

  • މާފަންނު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ މުހައްމަދު ނާޒިމް (އެމްއެންޕީ)

  • މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ މުހަައްމަދު މުސްތޮފާ އިބްރާހިމް (ޕީއެންސީ)

  • މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ އަސްމާ ރަޝީދު (ޕީއެންސީ)

  • މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ އަބްދުﷲ ރިފާއު (ޕީއެންސީ)

  • ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ މުހައްމަދު އިސްމާއިލް (ޕީއެންސީ)

  • ހެެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ އަލީ އިބްރާހިމް (ޕީއެންސީ)

  • މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ އަހުމަދު ޒަމީރު (އަމިއްލަ)

  • ހުޅުމާލެ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ އަބްދުﷲ ޝަޒީމް (ޕީއެންސީ)

  • ހުޅުމާލެ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ؛ ހުސެން ޝަރީފް (ޕީއެންސީ)

އައްޑޫގެ ވަގުތީ ނަތީޖާ

  • ހުޅުދޫ ދާއިރާ - މުހައްމަދު ޝާހިދު (ޕީއެންސީ)

  • މީދޫ ދާއިރާ - އަބްދުލް ރަހުމާން (އަމިއްލަ)

  • ފޭދޫ އުތުރު - އިސްމާއިލް ނިޒާރު (ޕީއެންސީ)

  • ފޭދޫ ދެކުނު - އިބްރާހިމް ދީދީ (ޕީއެންސީ)

  • މަރަދޫ ދާއިރާ - އަހްމަދު ދީދީ (އެމްޑީޕީ)

  • ހިތަދޫ އުތުރު - މުހައްމަދު ސިނާން (ޕީއެންސީ)

  • ހިތަދޫ މެދު - އަހްމަދު އަޒާން (ޕީއެންސީ)

  • ހިތަދޫ ދެކުނު - އިބްރާހިމް ނާޒިލް (އެމްޑީޕީ)

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގެ އެހެން ސިޓީތަކަށް ބަލާއިރު ކުޅުދުއްފުއްޓާއި ފުވައްމުލަކުގެ ހުރިހާ ގޮނޑިތަކެއް ވެސް ލިބެނީ ޕީއެންސީއަށެވެ. ތިނަދޫގެ އެއް ގޮނޑި އަމިއްލަ ކެންޑިޑޭޓަކަށް ލިބުނުއިރު، އަނެއް ގޮނޑި ކާމިޔާބުކުރީ ޕީއެންސީއިންނެވެ.

މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ސިކުނޑި

23 އޭޕްރީލު 2024
މާލެ މީހުނާއި އައްޑޫ މީހުން އަނެއްކާވެސް ގުނބޯ ހެއްދުނީ؟!؟ ކޮންމެ އިންތިޚާބެއް ބޯމަތިވީމަ ގޮވާނެ ގުނބޯ ނެހެއްދޭނެޔޭ! މާލެ މީހުންނަށް ފްލެޓާއި ގޯތި، އައްޑޫ މީހުންނަށް ތަރައްގީ! ކޮންމެ ކެމްޕެއިންއެއްގައިވެސް އައްޑޫ ތަރައްގީ ކުރަން ވަރަށް ވައުދުވާނެ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް