ޕީއެންސީން ގޮނޑި ކާމިޔާބު ކުރެއްވި ކުރީގެ މެންބަރުން

ޕީޕީއެމްގެ ކުރީގެ މެމްބަރުން ޕީއެންސީއާ އެކު ކާމިޔާބީ ހޯއްދަވަނީ

ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ، ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދު، ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު އަދި މާފަންނު ދެކުނުން އަބްދުﷲ ރިފާއު މިހާރު ވަނީ ޔަގީންކުރައްވާފައި
21 އޭޕްރީލު 2024

ރައްޔިތުންގެ މަޖިލިހުގައި ކުރިން ޕީޕީއެމް ތަމްސީލުކުރެއްވި އެކަމަކު އެންމެ ފަހުން އޮތް އިންތިހާބުގައި ގޮނޑި ގެއްލުނު އެތައް މެމްބަރުންނެއް، ޕީއެންސީއާ އެކު މިއަދުގެ އިންތިހާބު ކާމިޔާބުކުރައްވަމުން އެބަ ގެންދަވަ އެވެ.

މިހާތަނަށް ލިބުނު ނަތީޖާއަށް ބަލާއިރު ރައީސްގެ ހާއްސަ މުޝީރު އަދި ލ. ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރީގެ ދެ ދައުރެއްގައި ކުރެއްވި އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ގޮނޑު އަނެއްކާވެސް ކާމިޔާބުކުރައްވައިފަ އެވެ.

އަބްދުއްރަހީމްގެ އިތުރުން ހއ. ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހއ. ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު އާއި މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރިފާއު (ބޮޗޭ) ވެސް ވަނީ  އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ. އެ ބޭފުޅުންނަށް ސަޕޯޓަރުން މިހާރު ގެންދަނީ މަރުހަބާ ވެސް ކިޔަމުންނެވެ.

މުޅި އިންތިހާބުގައި މިހާތަނަށް ގުނި ފޮށިތަކަށް ބަލާއިރު ނަތީޖާގެ މިސްރާބު ހުރީ ރައީސް މުހަައްމަދު މުއިއްޒުގެ ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ލިބޭ ގޮތަށެވެ. މިހާރުގެ މަޖިލިހުގައި ބޮޑު މެޖޯރިޓީއެއް ހޯދި އެމްޑީޕީއަށް އަދި ފެންނަނީ ވަރަށް މަދު ދާއިރާއިން ކުރީގައި އުޅޭ ތަނެވެ.

އެމްޑީޕީގެ އެތެރޭގެ މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ނަތީޖާގެ މިސްރާބު ހުރީ ރަނގަޅަކަށް ނޫނެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް