ހޯޜަފުށީގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓަނީ(ފޮޓޯ/ފުލުހުން)

ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައިގެން ތިން މީހަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވަނީ ވޯޓުކަރުދާސް ދައްކައިގެން މާލެއިން އެކަކު، އަދި ވޯޓުލުމަށް ހުރަސްއަޅައިގެން ގދ. ފިޔޯރީން ދެ މީހަކު

ވޯޓުކަރުދާސް ދެއްކުމާއި ވޯޓުލާ މަރުކަޒުގައި މަސްލަަހަތު ނަގާލައިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބާ ގުޅިގެން ފުލުހުންގެ އެލާޓުގެ ދަރަޖަ ވަނީ އެންމެ މަތިކޮށްފަ އެވެ. އަދި 'އޮޕަރޭޝަން ބްލޫ ޓައިޑް'ގެ ނަމުގައި ފުލުހުން އަންނަނީ ވޯޓުލާ ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަމުންނެވެ.

ތަފްސީލް - ދެންމެ ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެގޮތުން ހައްޔަރުކުރީ:

  • ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު 

  • ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހަކު

ފާހަގަކޮށްލެވޭ ކަމެއް - މަސްލަހަތު ނަގާލައިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، މިއަދު ވޯޓުލުމުގެ ކަންކަން ޖުމްލަގޮތެއްގައި ކުރިއަށްދަނީ އަމާން އޮމާންކޮށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް