އއ. އަތޮޅު މާފަޅު، އަދި ދުރުގައި ތޮއްޑޫ: މި ފަޅުގެ ބައެއް ރަސްދުއަށާއި ތޮއްޑުއަށް ވަނީ ދީފައި

އއ. އަތޮޅު

'މާފަޅު'ގެ ބައެއް ރަސްދު އާއި ތޮއްޑުއަށް ދީފި

ކުރަމަތީ ރިސޯޓު އޮންނަނީ މި ފަޅުގައި

އއ. އަތޮޅުގައި އޮންނަ 'މާފަޅު'ގެ ބައެއް، އެ އަތޮޅު ރަސްދޫ އާއި ތޮއްޑޫގެ ބައެއްގެ ގޮތުގައި މިއަދު ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟- އއ. ކުރަމަތީ ރިސޯޓް އޮންނަ އެ ފަޅު، ރަސްދު އާއި ތޮއްޑޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު  މިއަދު ނެރުއްވި ގަރާރަކުންނެވެ. އެކަން މިހާރު ވަނީ ގެޒެޓް ކޮށްފަ އެވެ.

މާފަޅުން ރަސްދުއަށް ލިބުނު ސަރަހައްދު

ތަފްސީލު- ސަރުކާރުގެ ގެޒެޓްގައި ބުނެފައިވާ ގޮތުން:

  • ކޮންމެ ރަށަކަށް ވެސް ދީފައިވަނީ 200 ހެކްޓަރުގެ ސަރަހައްދެއް

  • މާފަޅު އޮންނަނީ ރަސްދުއާ ހަ ކިލޯ މީޓަރު ދުރުގައި، އަދި ތޮއްޑުއާ 12 ކިލޯމީޓަރު ދުރުގައި

  • މި ފަޅު ހިއްކައި، ރަސްދޫގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އިންތިހާބުތަކަށް ކެމްޕޭން ކުރާއިރު އާއްމުކޮށް ދައްކާ ވާހަކައެއް

މާފަޅުން ތޮއްޑުއަށް ލިބުނު ސަރަހައްދު

އެނގުން މުހިއްމު- މިދިޔަ ބުދަ ދުވަހު ސަރުކާރުން ވަނީ، އއ. އުކުޅަހާއި ހއ. ތުރާކުނަށް ވެސް ފަޅަކާއި ފަޅުރަށެއް ދީފަ އެވެ. އުކުޅަހަށް ކަނޑައަޅާފައި ވަނީ، ގަލަގިލި ފަޅެވެ. އަދި ހއ. ތުރާކުނަށް ކަނޑައެޅީ، އެ ރަށާ ޖެހިގެން އޮންނަ ވަނގާރު ނަމަކަށް ކިޔާ ފަޅު ރަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް