20/4/2024؛ މ.ރަތްމަންދޫ ބޭރަށް، ތިން މީހުންނާއެކު ފަރުމަހަށް ދިޔަ' ފަރިހި 2' ނަމަކަށް ކިޔާ ޑައިވިން ދޯނި(ފައިލް ފޮޓޯ މޯލްޑިވްސް ޕޮލިސް ސާވިސް)

ތިން މީހުންނާއެކު ފަރު މަހަށް ދިޔަ ދޯންޏެއް ހޯދަން ޑްރޯން ފޮނުވައިފި؛ އަދި ހިލަމެއް ނެތް

ގެއްލިގެން ހޯދަމުންދަނީ މ.ރަތްމަންދޫ ބޭރަށް ފަރުމަސް ބާނަން އިއްޔެ ދިޔަ ފަރިހި 2 ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް

މ.ރަތްމަންދޫ ބޭރަށް، ތިން މީހުންނާ އެކު ފަރުމަހަށް ދިޔަ ޑައިވިން ދޯންޏެއް ގެއްލިގެން، އެ ދޯނި ހޯދުމުގެ މަސައްކަތް ޑްރޯންގެ އެހީގައި އެމްއެންޑީއެފް އިން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފްއިން ބުނިގޮތުގައި 'ފަރިހި 2' ކިޔާ މި ދޯނި ގެެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭގެ 10:45 ހާއިރު ކަމަށެެ. އެ ދޯނި މަހަށް ނިކުތީ އިއްޔެ ހަވީރު ކަމަށާއި، މަހަށް ފުރީ މިރޭ 8 ޖަހާއިރު އެނބުރި އަންނަގޮތަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ތަފްސީލް - މި ދޯނި ހޯދުމުގެ މަސައްކަތް ފުލުހުންނާއި، އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފް އިން ބުނީ:

  • ގެއްލުނު ދޯނި ހޯދުމަށް މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވޭ 

  • ދޯނި ހޯދުމަށް މ.މުލީގައި އޮންނަ ކޯސްޓްގާޑް ހާބަކްރާފްޓް ރޭ 11:20އިން ފެށިގެން ދަނީ ހަރަކާތްތެރިވަމުން

  • އެމްއެންޑީއެފް ވައި ބާރުން ވަނީ މިހާރު ދޯނި ހޯދުމަށްޓަކައި ޔޫއޭވީ އެ ސަރަހައްދަށް ދިއުމަށް އުދުއްސާލައިފައި

  • ކޯސްޓްގާޑުގެ ފާަސްޓް އިންޓަސެޕްޓަ ކްރާފްޓް، 'މާފަތް' ވެސް ދަނީ ދޯނި ހޯދުމަށް މަސައްކަތް ކުރަމުން

ކޮމެންޓް (3)

profile-image-placeholder

ސިކުނޑި

20 އޭޕްރީލު 2024
އުންމީދަކީ ޑްރޯންގެ އެހީގައި ދޯނި ފެނުން! އެކަމަކުވެސް ކަދުރެއް ކާލަން ރަން އިލޮއްޓެއް ކޮންމެހެން ހޯދާކަށް ނުޖެހޭ!

ހަމަނުވިސްނެނީދޯ

20 އޭޕްރީލު 2024
@ސިކުނޑި ގެއްލިގެން ހޯދަން ޑްރޯން ފޮނުވަން ހަރަދު ކުޑަވާނެ އެކްސްރޭ ގަނޑެއް، ސްކޭނެއް ނުހެއްދިގެން ބަލިމީހުން ބޮޑެތި މަތިންދާބޯޓުގަ އުފުލުމަށްވުރެ. ދުނިޔޭގަ އެހެން ވެރިންވެސް އުޅެ، މިހާ ގަމާރު ވާންޖެހޭތަ ހަމަ؟؟

މލކ މީނާޒު

20 އޭޕްރީލު 2024
ޱުރޯން ވަކަރައް ޖަހާލަނީ ހުރިވަރެއް އެނދާނެތާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް