ތިލަމާލެ ބްރިޖުގެ މަތިން ނަގާފައިވާ ފޮޓޯއެއް. މި ބްރިޖުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ސަރުކާރުން ބުނޭ. (ފޮޓޯ / ކޮންސްޓްރަކްޝަން މިނިސްޓްރީ)

ވިލިމާލެ ބްރިޖު

ތިލަމާލެ ބްރިޖުގެ މަސައްކަތް ހަލުއި ވެއްޖެ: ސަރުކާރު

އެ މަސައްކަތަށް އިތުރު ދެ ޕްލެޓްފޯމް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން
17 އޭޕްރީލު 2024

މިދިޔަ ސަރުކާރުގައި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔަވަރާ އަޅާބަލާއިރު މި ސަރުކާރުގައި އެ މަޝްރޫއުގެ މަސައްކަތްތަކުގެ ސްޕީޑް ހަލުވި ވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މިހެން ވިދާޅުވީ މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް މިދިޔަ ސަރުކާރުގައި އަޅަން ފެށި ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އަދާހަމައާ އެކު ރޭގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - ތޮއާމް ވިދާޅުވި ގޮތުގައި:

  • ވެރިކަން ބަދަލުވެގެން މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި މަޝްރޫއުގެ %7 ނިންމާލެވިފައިވޭ

  • މިދިޔަ ސަރުކާރުގައި 25 މަސް ދުވަހުގެ ތެރޭގައި ނިންމާލެވިފައިވަނީ މަޝްރޫއުގެ %29

އޭނާ އިތުރަށް ވިދާޅުވީ އެ މަޝްރޫއަށް ހާއްސަ އިތުރު ދެ ޖެކް-އަޕް ޕްލެޓްފޯމް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަސް ނިމޭ ހިސާބުގައި އެ ދެ ޕްލެޓްފޯމް ވެސް މަސައްކަތުގެ ސައިޓަށް ފޯރާނެ ކަމަށެވެ.

ކުރިއަށް އޮތް މަސްތަކުގައި އިތުރު ވަސީލަތްތައް މޮބިލައިޒް ކުރަން ނިންމާފައިވާ ކަމަށާއި، އެއާއެކު މިހާރަށްވުރެ ވެސް ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާނެ ކަމަށް ތޮއާމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

ކުރީ ސަރުކާރުގައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދިޔައީ ތާވަލަށް ވުރެ ލަސްކޮށެވެ. އެކަމުގެ ސަބަބުން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުން ވެސް އަމާޒުވި އެވެ.

މި ސަރުކާރުގައި އެންމެ އިސްކަންދެއްވާނީ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވަނީ ވިދާޅުވެފަ އެވެ. ޝެޑިއުލަށް ބަލާއިރު މާލެ އިން ފެށިގެން ގުޅިފަޅާ ހަމައަށް ބްރިޖު ގުޅާލުމުގެ މަސައްކަތް މާޗު 2026ގެ ނިޔަލަށް ނިންމާނެ އެވެ.

ތިލަމާލެ ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • އަގު: 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް