ގުޅިފަޅުން ހިއްކާފައިވާ 150 ހެކްޓަރުގެ ސަރަހައްދު: މީގެ އިތުރުން 85 ހެކްޓަރު ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފައި (ފޮޓޯ/އެކްސް/އަބްދުﷲ މުއްތޮލިބު)

ގުޅިފަޅު

ގުޅިފަޅު ހިއްކުމުގެ ފުރަތަމަ ބައި ނިންމާލައިފި

މިދިޔަ ސަރުކާރުގައި ހިއްކަން ފެށި މި 150 ހެކްޓަރުގެ އިތުރުން 85 ހެކްޓަރުގެ ބިން ހިއްކަން މި ސަރުކާރުން ވަނީ ނިންމާފައި

ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން މިދިޔަ ސަރުކާރުން ބޮސްކާލިސްއާ ހަވާލުކޮށްގެން ހިއްކަމުންދިޔަ 150 ހެކްޓަރުގެ ބިން ހިއްކާ އިއްޔެ ނިންމާލައިފި އެވެ.

ތަފްސީލް - ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެކްސްގައި މިއަދު ވިދާޅުވިގޮތުގައި 18 މިލިއަން ކިއުބިކް މީޓަރުގެ ވެލިން 150 ހެކްޓަރު ހިއްކައި ނިމި، އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް އެބަގެންދެ އެވެ.

އަދި މި ސަރުކާރުން ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ މަޝްރޫއު އެކުލަވާލުން ވެސް މިހާރު ކުރިއަށްދާ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު:

  • އަމަލީ މަސައްކަތް ފެށީ މިދިޔަ އަަހަރުގެ 2 ޖުލައިގައި

  • އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ޖުމްލަ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ)އަށް

  • އެތަނުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ކުރީ ސަރުކާރުން ވަނީ ނިންމާފައި

  • އެތަނުން އިތުރު ބިން ހިއްކަން ނިންމިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް