ޓެލެގްރާމް އެޕް ބޭނުންކުރާ މަންޒަރު ފެންނަ ފޮޓޯއެއް

ހަށިވިއްކުން

ޖަޒީރާ ޓެލެގްރާމުން ހަށިވިއްކަން ބޭނުންކުރި ޓެކްސީގެ ޑްރައިވަރު ހައްޔަރު ކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 30ގައި؛ އުމުރުން 60 އަހަރުގެ އެމީހާގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައި

އެކި ބާވަތުގެ ބޮޑެތި ކުށްތައް ކުރުމަށް ބޭނުން ކުރަމުންދަނިކޮށް ފުލުހުން މިފަހުން އަތުލައިގަތް ޓެލެގްރާމް ޗެނެލްތަކުުން ހަށިވިއްކުމަށް ބޭނުންކުރަމުން ދިޔަ ޓެކްސީގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އެއް ނެޓްވޯކަކުން ހިންގަމުން އައި ފަސް ޓެލެގްރާމް ޗެނަލެއް ފުލުހުން ވަނީ އަތުލައިގެންފަ އެވެ. އެކަމާ ގުޅޭ ގޮތުން މިދިޔަ މަހު ފުލުހުން އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި:

  • އެ ޗެނެލްތަކުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ދެ ދިވެހިން މި މަހު 6 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައި؛ އޭގެ ތެރޭގައި ހިމެނެނީ، 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެއް

  • އެމީހުންނާ ގުޅުން އޮތް ހަތަރު ތަނެއް ފުލުހުން ބަލައި ފާސްކޮށް، ބައެއް ތަކެތި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ

  • އެންމެ ބޮޑަށް މި ގްރޫޕުތައް މެދުވެރިކޮށް އެމީހުންކޮށްފައި ވަނީ ހަށިވިއްކުމާއި ޑްރަގުގެ އެކި ބާވަތްތައް ވިއްކުން

  • ހަށިވިއްކުމުގެ ވިޔަފާރިއަށް ހާއްސަ ޓެކްސީއެއް ހާއްސަ ކުރެވެފައިވާކަން ފާހަގަކުރެވިފައިވޭ

ބުނީ ކީކޭ؟ - ފުލުހުން މިއަދު 'ދައުރު' އަށް ބުނިގޮތުގައި މި ޓެކްސީ ޑްރައިވަރު މިދިޔަ މަހުގެ 30ގައި ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 60 އަަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުުހުން ބުންޏެވެ.

އެނގުން މުހިންމު - މިދިޔަ މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އިދާރާގެ ސައިބާ ކްރައިމް ސެންޓަރުގައި މަސައްކަތް ކުރައްވާ އިންސްޕެކްޓަރު އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވިދާޅުވީ މި މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ކުރާ ދެމީހުން ނޫން ކަމަށެވެ. ނަމަވެސް މި ތަހުގީގަށް ފުލުހުން އެއްކުރި މައުލުމާތުތަކުން އެމީހުންނާ ގުޅިގައިވާ އެކައުންޓުތަކުން ފެނިފައިވާ ފައިސާގެ އަދަދު 2 މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ ކުށުގެ ރެކޯޑް އެންނަ މީހެކެވެ. އެ ދެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ:

  • މަނީލޯޑަންރިން

  • ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދިނުން

  • އޮރިޔާންކާޑު އުފެއްދުން/ބެހުން

  • ފޯޖު ޑޮކިއުމަންޓްތައް ތައްޔާރުކުރުން

  • އެކި އެކި ހޮސްޕިޓަލުތަކުގެ ނަމުގައި އެމްސީ ހައްދަދިނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް