ކުޅުދުއްފުއްޓަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި. (ޓުވިޓާ ފޮޓޯ/ހުސައިން ފަހުމީ)

ހދ. ކުޅުދުއްފުށި

ފެނަކަ އާއި ސްޓެލްކޯ ގުޅިގެން މުޅި ކުޅުދުއްފުއްޓަށް ކަރަންޓު ދީފި

ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ކުޅުދުއްފުށިން ކަރަންޓު މިއަދު ހެނދުނު 9:15 ހާއިރު ވަނީ ކަރަންޓު ކެނޑިފ
15 އޭޕްރީލު 2024

ހދ. ކުޅުދުއްފުށީގެ ކަރަންޓު ހިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށް، މުޅި އެ ރަށަށް އަލުން ކަރަންޓު ދީފި އެވެ.

ވީ ކިހިނެއް؟ - ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ކުޅުދުއްފުށިން ކަރަންޓު މިއަދު ހެނދުނު 9:15 ހާއިރު ވަނީ ކަރަންޓު ކެނޑިފަ އެވެ.

ތަފްސީލު - ފެނަކައިން ބުނީ ދިމާވި މައްސަލަ ހައްލުކޮށް، މިރޭ 8:10 ހާއިރު ކުޅުދުއްފުއްޓަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

"އަދި މިއަދު ދިމާވިމައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމުގައިވެސް ދަންނަވަމެވެ،" ފެނަކައިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ކަރަންޓު މައްސަލަ ހައްލުކުރުމުގައި ފެނަކައިގެ އެދުމަކަށް ސްޓެލްކޯގެ ޓީމަކުން ވެސް ވަނީ އެ ރަށަށް ގޮސް ފަންނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެކަން ފާހަގަކޮށް ފެނަކައިން ވަނީ ސްޓެލްކޯގެ މެނޭޖްމަންޓާއި ޓެކްނިކަލް މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގައުމީ ވާޖިބެއް ކަމުގައި ދެކި، މުވައްޒަފުން ކުރަމުންގެންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

އެނގުން މުހިންމު - މިއީ މިފަހުން ކުޅުދުއްފުއްޓަށް ކަރަންޓުގެ މައްސަލަ ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މި ނިމުނު ރޯދަމަހުގެ ތެރޭގައި ވެސް ކުޅުދުއްފުށީގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އެކަން ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން އާންމުން މީގެ ހަފްތާއެއް ކުރިން ނުކުމެ މުޒާހަރާ ވެސް ކޮށްފައިވެ އެވެ. އެގޮތުން:

  • ފެނަކަ އޮފީސް ކައިރިއަށް އެއްވެ ޝުއޫރު ފާޅުކުރުމަށް ފަހު މުޒާހަރާ ކުރި މީހުން އިންޖީނުގެއަށް ވަނުމަށް ވެސް މަސައްކަތް ކުރި 

  • މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމުގެ އިތުރަށް، މުޒާހަރާގެ ބައިވެރިން ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާލާފަ

ފެނަކައިން ބުނާ ގޮތުގައި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ކުރަން ޖެހޭ މަސައްކަތްތައް އެ ކުންފުނިން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް