ހުޅުމާލޭގައި ދެ މިސްކިތެއް ބިނާކުރަން ބިން ހަވާލުކުރުން. (ފޮޓޯ/އެޗުޑީސީ)

ހުޅުމާލެ

ހުޅުމާލޭގައި އިތުރު 2 މިސްކިތެއް އަޅަން ބިން ހަވާލުކޮށްފި

މިސްކިތް އެޅުމަށް އެޗުޑީސީއިން މިއަދު ދޫކުރީ ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި ތިން ފިޔަވަހީގެ ބިމެއް

ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ބޭނުންވާ ބިން އެޗުޑީސީއިން އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެޗުޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހުޅުމާލޭގައި ދެ މިސްކިތެއް ބިނާކުރަން ބިން ހަވާލުކުރުން. (ފޮޓޯ/އެޗުޑީސީ)

ތަފްސީލު - މިސްކިތް އަޅަން ދޫކުރީ:

  • ހުޅުމާލެ ދެ ވަނަ ފިޔަވަހިން 27،920 އަކަފޫޓުގެ ބިމެއް

  • ހުޅުމާލެ ތިން ވަނަ ފިޔަވަހިން 21،952 އަކަފޫޓުގެ ބިމެއް

މިސްކިތް އަޅަން ފަށާނެ ތާރީހާއި އިތުރު ތަފްސީލެއް މިނިސްޓްރީންނާއި އެޗުޑީސީއިން އަދި ހިއްސާނުކުރެ އެވެ.

ކޮމެންޓް (1)

ހެޔޮހިތް

16 އޭޕްރީލު 2024
މަށަށް ފެންނަނީ ބައިވަރު ކުދި މިސްކިތްތަކެއް އެޅުމުގެ ބަދަލުގައި ބޮޑު، ފެންވަރު ރަނގަޅު އެއް މިސްކިތް އެޅުން މާރަނގަޅުވާނެކަމަށް. ބަލަހައްޓާހެދުމަށް ހަރަދުކުޑަވުމާއެކު އެ އަވަށެއްގައި އުޅޭ މީހުން ބައްދަލުވެ ގުޅުންތައް އާލާވާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް