15/4/2024؛ ކޮމިޝަނުގެ މެމްބަރުކަމުގެ ލިއުން ހަވާލުކުރަން މިއަދު ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި(ފޮޓޯ/ ރައީސް އޮފީސް)

އީސީގެ މެންބަރު ކަމުގެ ހުވާ ހަަސަން ކުރައްވައިފި

ހަސަން މީގެ ކުރިން ހުންނެވީ އެ ކޮމިޝަނުގެ ސެކެޓްރީ ޖެނަރަލްގެ މަގާމުގައި، އަދި އެ ކޮމިޝަނުގެ ތަރުޖަމާންގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިން ހަސަން ޒަކަރިއްޔާ މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައި މަގާމާ ހަވަލުވެވަޑައިގެންފި އެވެ.

އެނގުން މުހިންމު - ހަސަން މީގެ ކުރިން ހުންނެވީ އެ ކޮމިޝަނުގެ ސެކެޓްރީ ޖެނަރަލްގެ މަގާމުގަ އެވެ. އޭނާ މެމްބަރު ކަމަށް މަޖިލީހުން ރުހުން ދިނީ މިމަހުގެ 1 ގަ އެވެ.

ތަފްސީލް - މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން އޭނާއަށް ވަނީ އަރުވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި، ހަސަން ވަނީ މެމްބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިގުރާރުގައި ސޮއި ކުރައްވައިފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ހަސަން އެ މަގާމަށް އައްޔަންކުރައްވަން ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް އޭނާގެ ނަން ފޮނުއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.

އީސީގެ މެންބަރުކަން ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ ދައުރު މިދިޔަ މާޗް މަހު 13އަށް ހަމަވުމާ ގުޅިގެންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް