މާލޭ ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވެ ސިފައިން ފެންހިއްކުމުގެ މަސައްކަތުގައި (ފޮޓޯ/އެމްއެންޑީއެފް)

ވިއްސާރައިގައި ގެއްލުންވި 5 ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދެނީ

އިއްޔެ ކުރި ވިއްސާރާގައި މާލޭގެ މަގުތައް ފެންބޮޑުވެ، ބައެއް ގެތަކުގައި ފާހާނާ ކުރުމަށް ބުރޫ އަރައި، ނަޖިސް ވަނީ ލީކުވެފައި
14 އޭޕްރީލު 2024

އިއްޔެ މާލެއަށް ކުރި ގަދަ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ބައެއް ގެތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ މެންދުރު ގުގުރުމާ އެކު ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތައް ފެންބޮޑުވި އެވެ. އެއާ އެކު މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރީ ސިފައިން ނުކުމެގެންނެވެ.

ތަފްސީލު - އެންޑީއެމްއޭއިން ބުނީ އިއްޔެގެ ވިއްސާރައާ ގުޅިގެން ހެދި ރެޕިޑް އެސެސްމަންޓުން:

  • ދިރިއުޅެން ދަތި ނުވަ ގެއެއް ފާހަގަވި

  • އޭގެ ތެރެއިން ފަސް ގެއެއްގައި ދިރިއުޅޭ 34 މީހުން ބަދަލުކުރުމަށް ވަގުތީ ބޯހިޔާވަހިކަން ދަނީ ހަމަޖައްސަމުން؛ އެއީ ކެއިންބުއިމާ ވެސް އެކުގައި

  • އެ ފަސް ތަނުގައި ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވެ، ފާހާނާ ކުރުމަށް ބުރޫ އަރައި، ނަޖިސް ވަނީ ލީކުވެފައި

ފާހަގަކޮށްލެވޭ ކަމެއް - އިއްޔެގެ ވިއްސާރައާ ގުޅިގެން އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ކުރީ މާލޭގެ އަށް ސަރަހައްދެއްގައި 14 ޕަންޕު ޖައްސައިގެންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް، އެސްޓީއޯ ފުށް ގުދަން، ދިރާގު އޮފީސް، ވެސްޓް ޕާކް، ޖެލީ ޕިއްޒާ، ދަރުބާރުގެ، ފުޑްކޯޓް ސަރަހައްދު ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް