އަނިޔާގެ ޝިކާރައަށްވި ކުޑަކުއްޖާ، ރަސްދޫ ބޮޑުބެރު ގުރޫޕުން ދިން ޓީޝާޓެއް ލައިގެން ހުރި އިރު، އެ ގުރޫޕުގެ މެމްބަރުން އޭނާއާ އެކު ފޮޓޯއަކަށް ހުއްޓިގެން

އއ. ރަސްދޫ

ރަސްދޫގައި އަނިޔާ ލިބުނު ކުއްޖާއަށް އެ ރަށު ޒުވާނުންގެ ހާއްސަ ހަދިޔާއެއް

މި ހަދިޔާ ދީފައިވަނީ ރަސްދޫގެ ގިނަ ޒުވާނުން ހިމެނޭ ބޮޑުބެރު ގުރޫޕަކުން

އއ. ރަސްދޫ މިސްކިތުގެ ފާހާނާ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލައިގައި އަނިޔާ ލިބުނު 12 އަހަރުގެ ކުއްޖާއަށް، އެ ރަށުގެ ޒުވާނުން ހަދިޔާ ދީފި އެވެ.

ވީ ކިހިނެއް؟- މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުޑަކުއްޖާ މިސްކިތުގައި ތަރާވީސް ނަމާދަށް ހުއްޓައި އެ ކުއްޖާ ގަދަކަމުން ފާހާނާ ތެރެއަށް ގެންގޮސް އަނިޔާކޮށްފައިވަނީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

އަނިޔާގެ ޝިކާރައަށްވި ކުޑަކުއްޖާއަށް ރަސްދޫ ޒުވާނުންގެ ފަރާތުން ހަދިޔާ ދެނީ
އަނިޔާގެ ޝިކާރައަށްވި ކުޑަކުއްޖާއަށް ރަސްދޫ ޒުވާނުންގެ ފަރާތުން ހަދިޔާ ދެނީ

ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ބުލީއާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ރަސްދޫގެ އާރަސް ބޮޑުބެރު ގުރޫޕުން އިއްޔެ ވަނީ ކުޑަކުއްޖާއަށް ޒިޔާރަތްކޮށް، ގިނަ ހަދިޔާތަކެއް ދީފަ އެވެ. މި ގުރޫޕުގައި މުޅިން ވެސް ހިމެނެނީ ކުޑަކުދިންނާއި ޒުވާނުންނެވެ.

އެނގުން މުހިއްމު- ކުޑަކުއްޖާއަށް އަނިޔާކުރި 14 އަހަރުގެ ފިރިހެން ކުއްޖާއަކީ، އެ ބޮޑުބެރު ގުރޫޕުގެ މެމްބަރެކެވެ. އަނިޔާކުރާ ވީޑިއޯ އާއްމުވުމާ އެކު އެ ގުރޫޕުން ވަނީ ވަގުތުން އޭނާ ވަކިކޮށްފަ އެވެ.

އާރަސް ބޮޑުބެރު ގުރޫޕުން ބުނިގޮތުގައި ބުލީ އާއި އަނިޔާއާ އެ ގުރޫޕުން ދެކޮޅު ހަދާއިރު، އެކަމުން ސަލާމަތްކޮށްދިނުމަށް، ޒުވާނުންގެ ހައިސިއްޔަތުން ކުރެވެން ހުރިހާ ކަމެއް ކުރާނެ އެވެ. އަދި އެފަދަ އަނިޔާ ލިބިފައިވާ ކުދިން، އެކަމުން އަރައިގަންނަން މަސައްކަތް ކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

އަނިޔާގެ ޝިކާރައަށްވި ކުޑަކުއްޖާއަށް ރަސްދޫ ޒުވާނުންގެ ފަރާތުން ހަދިޔާ ދެނީ

ކުޑަކުއްޖާއަށް އަނިޔާ ކުރާ ވީޑިއޯ އާއްމުވުމާ އެކު، ރަސްދޫގެ ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ގޮތަށް، ކުށްވެރިވާ ކުދިންގެ ގޭދޮށަށް ގޮސް ވަނީ އަޑުއުފުލައިފަ އެވެ.

ކޮމެންޓް (10)

profile-image-placeholder

ބަސްމަގު

11 އޭޕްރީލު 2024
ތަންކޮޅެއްބޮޑު ސުކޫލެއްގައި މިފަދަކަންތައް އެބަހިންގާމާލޭގެ ނަންމަޝްހޫރު ސުކޫލެއް! އިސްކަންދަރު ސުކޫލް. އަންހެންކުއްޖަކާ ދިމާކުރަނީ އެހެންދަރިވަރެއްގެ ބެލެނިވެރިއެއް. މިހާރުހުރި ޕްރިންސިޕަލް ސުކޫލާ ތަންކޮޅެއް ބީރައްޓެހިވީމާ ހަމަ ކަހާތަން ހިރުވާވެސް ނުލައޭ ބުނާހެން އަދިފިޔަވަޅެއް ނާޅާ.

ޟީމާ

11 އޭޕްރީލު 2024
@ބަސްމަގު ތިތާ އެކަންޔެއް ނޫން. އަމީނިއްޔާ ގްރޭޑް 6ގަ އުޅޭނެ ގްރޭޑް 3އިން ފެށިގެން ކޮންމެ އަހަރެއްގައިވެސް އެކި ކުދިންނައް ތަކުރާރުކޮއް ބުލީކުރާ، އަދި ޖިސްމާނީގޮތުންވެސް ކުދިންނައް އަނިޔާ ކުރާ އަންހެން.އޭނަގެ.މަންމަޔަކީ ސްކޫލު އެކިމީހުންނާ މާގުޅާލައިގެން ހަދިޔާ ދީހަދާ މީހެއްވީމަ ވާކަމެއް ނޯވޭ.ނަސޭހަތް ދެނީއޭ ބުނަނީ.އެހެންމީހުން ލޯބިން ގެންގުޅޭދަރިންނައް އެހެން އަނިޔާ ކުރާއިރު ކޮންނަސޭހަތެއް ދޭކައްތަ އެކަމައް އެކަށީގެންވާ ފިޔަވަޅެއް ނާޅާ.ކުދިން އިސްލާހެއް nuvaane ނަސޭހަތް ދިނީމަ ރަނގާޅު ނުވީމަ ވިސްނޭވަރުގެ ފިޔަވަޅުތަކެއް ނާޅަންޔާ.

ލީނާ

11 އޭޕްރީލު 2024
ވަރަަަަަަށް އުފާވެރި މަންޒަރެއް

ލާމު

11 އޭޕްރީލު 2024
މުޅި ގައުމުގައި އޮތީ ގޭންގް. ކޮންމެވެސް ކްލަބެއް ޖަމްޢިއްޔާގެ ނަމެއް ކުރިއަށްލައިގެން ހިންގަނީ ގޭންގް. މިއީ ސިއްރެއްނޫން. ފާޅުގައި ހިންގާ އެންމެންނަށް ވެސް އެނގޭ ކަމެއް. މީހުންގެ ސޫރައަށް ބަލާލީމަ ވެސް ތަފާތު ފެންނާނެ.

ނަން

12 އޭޕްރީލު 2024
@ލާމު ތި ކަހަލަ ގަމާރުން އުޅޭތީ ގައުމު ކުރިނާރައިގެން މި އުޅެނީ. މީހެއްގެ ސޫރައިން އެމީހަކީ ކޮން ކަހަލަ މީހެއް ކަމެއް ނޭނގޭނެ! ކާޑު ޒަމާނު ވިސްނުން ދޫކޮއްލަން އެބަ ޖެހޭ.💀

ޙަގީގަތް

11 އޭޕްރީލު 2024
ރާއްޖޭގައި ގޭންގުތައް ހަރަކާތްތެރި ވަނީ ބޮޑުބެރު ގުރޫޕް އަދި ކުލަބު ޖަމިއްޔާތައް ނަމުގައި ، އޭގެ ނިވާ ފަތްގަނޑުގައި ، ގޮތަކަށް ތިޔަ ކުއްޖާއަށް ދައުވަތު ތިޔަ ދިނީ އެމީހުންގެ ގޭންގަށް ޖޮއިން ކުރަން..

ާމީމީ

11 އޭޕްރީލު 2024
@ޙަގީގަތް ދެންތި ހަނގާ ކުރިކުދިންނަށް ވެސް ކަލޭމެން ވާނުނާ ކިޔާދީ. ބާކީކޮއްނުލާ

ފޖެނި

11 އޭޕްރީލު 2024
@ޙަގީގަތް މަތި އޮމާން ކޮށްލީ އެ. އެންމެންނަށް ވެސް އެނގޭނެ ރަސްދޫ ގޭންގަކީ ކޮބައިކަން.

ާައަމައި

11 އޭޕްރީލު 2024
@ޙަގީގަތް ހަގީގަތަކީ ތިހެން ތިބެގެން ބޭކާރު އަނގަތެޅުން. ރަނގަޅު ނިޔަތެއްގަ ކަމެއް ކުރިޔަސް ގޯސް ކުރާތީ

ހަމަދު

11 އޭޕްރީލު 2024
@ާައަމައި ހެއޮކޮށް ތިބުނީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް