30 މާރިޗު 2024: ޕީޕީއެމް-ޕީއެންސީގެ ލީޑަރު، ރައީސް މުހައްމަދު މުއިއްޒު، ހުޅުދޫ ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ ކެމްޕޭން އަށް ވަޑައިގަތުން

ސިޔާސީ މީހުން ހައްޔަރުކުރަން ފުލުހުންނަށް އަޅުގަނޑުގެ ނުފޫޒެއް ނެތް: ރައީސް

އެމަނިކުފާނު ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް ވައުދުވެވަޑައިގެންނެވީ އިހުލާސްތެރި ނިޔަތެއްގައި ކަމަށް

މި ސަރުކާރުގައި ސިޔާސީ މީހުން ހައްޔަރު ނުކުރާނެ ކަމަށާއި މިހާތަނަށް ވެސް، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ކުރުމަށް އެއްވެސް ވަރަކަށް ފުލުހުންނަށް ނުފޫޒެއް ވެސް ނުފޯރުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ނަސީރުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "މިދިޔަ ކުރީ ޒަމާންތަކުގައި ވެރިކަންތައް ބަދަލުވެގެން ކޮންމެވެސް ކަހަލަ ރިޔާސީ ކޮމިޝަނެއް ހަދައިގެން ނޫނިއްޔާ ކޮންމެވެސް އެކަހަލަ ކަމެއްގެ ތެރެއިން ސިޔާސީ ވެރިން ހިފާ ހައްޔަރު ކުރުމާއި ސިޔާސީ ވީތީ ހިފާ ހައްޔަރު ކުރުމާއި އަބަދު ވެސް އެކަހަލަ  ބިރުވެރިކަމެއްގެ ތެރޭގައި ނޫންތޯ ދުވަސްތައް ދިޔައީ؟ މިހާރަކު ނުފެންނާނެ އެކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔަގީންކަން ދެއްވީ މިސަރުކާރުގައި ސިޔާސީ މީހަކަށް ވީތީ އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށެވެ. ނަމަވެސް ގާނޫނީ ވެރިކަމެއް ކުރުމަށްޓަކައި ކުށްކުރާ ފަރާތްތައް ބަލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެފަދަ ކަންކަމާ ގުޅުވައިގެން މީގެ ކުރީގައި ފުލުހުންގެ މައްޗަށް ހިނގަމުން ދިޔަ ސިޔާސީ ނުފޫޒެއް ވެސް މި ސަރުކާރުގައި ނުހިނގާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ. ފުލުހުންނާ ބައްދަލުކޮށް ވެސް އެވާހަކަ ވިދާޅުވެފައިވާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން އެ ބައްދަލުވުމުގައި:

  • ރައީސް ވެސް މިނިސްޓަރެއް ވެސް އަދި އެއަށްވުރެ ދަށް ލެވެލްއެއްގެ ބޭފުޅެއް ވެސް ސިޔާސީ ފައިދާ ހޯދުމަށް ފުލުހުންގެ އިސްވެރިންނަށް ގުޅުން ފަދަ ކަންކަމެއް ނުކުރާނެ ކަމަށް ވިދާޅުވި 

  • އެފަދަ ކަންކަން މި ސަރުކާރުގައި ބަލައެއް ނުގަންނާނެ ކަމަށް ވިދާޅުވެ އެކަން ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވި

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ފުލުހުންނަނީ ރައްޔިތުންނަށް އަނިޔާ ކުރާ ބައެއްގެ ގޮތުގައި ލޭބަލް ވެފައި އޮތް އޮތުން ބަދަލުކޮށް އެއީ ރައްޔިތުންގެ އިތުބާރު ލިބޭ މުއައްސަސާއަކަށް ހައްދަވައިދެއްވަން ކަމަށެވެ.

އެގޮތުން ކޫއްޑޫގައި މަސްވެރިން ކުރި މުޒާހަރާގައި ވެސް ފުލުހުން ފޮނުވައިގެން ބާރުގެ ބޭނުން ކޮށްފައި ނުވާނެ ކަން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އެނޫން ގޮތެއް ނެތިގެން މުޅިން މަސްލަހަތު ގެއްލިގެން ނޫނިއްޔާ ފުލުހުން ބާރުގެ ބޭނުން ކުރާތަން ނުފެންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމަށް ހަމަޖެހުން ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވީ އިހުލާސްތެރި ނިޔަތަކާ އެކު ކަމަށާއި އެކަން އެގޮތަށް ކުރުމަށް ވެސް ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރުން މުހިއްމު ކަމަށެވެ. 

ކޮމެންޓް (2)

ފީލިންގ

7 އޭޕްރީލު 2024
ކަމެއް ކުރެވޭ ވަރުގެ ސިޔާސީ ބާރުވެރިކަމެއް އަދި ނެތް ނޫންތޯ؟ ލޮލް
0 1

ޱރ ވަތަނީ

7 އޭޕްރީލު 2024
ރައީސް ތިޔައީ މިޤައުމު ދެކެ ލޯބިވާ ބޭފުޅެއްނަމަ މިދިޔަ 3 ދައުރުގަ ޤައުމުގެ ޙަޒާނާއިން ވަގަށް ނަގާފައިވާ ފައިސާ ހޯދުމުގެ އަމަލީ މަސައްކަތް ފެށުންއެދެން. އެއްއިރެއްގަ އެންމެ ބާރުގަދަ ބޭފުޅާ ޔޫއޭއީ ގަ އުޅެނީ މިނިވަންކޮށް ވީމާ މިވެރިން އިނަސާފުގެ ކުރިމައްޗައް ގެނެސް އަދަބުދިނުމަށް ގޮވާލަން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް