ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ޕީޕިއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް). (ފޮޓޯ/ މަޖިލިސް)

ރައީސް މަސައްކަތް ކުރައްވަނީ އިދިކޮޅުގެ އެއްވެސް މީހަކު ވެސް ފަލީހަތް ނުކޮށްވޭތޯ: ސަލީމް

ސަލީމް ވިދާޅުވީ ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންކަން ރައްޔިތުންނަށް ހާމަކުރަންޖެހުނީ އެމްޑީޕީން އެކަމުގައި ދޮގު ވާހަކަތައް ފަތުރަން ފެށުމުން ކަމަށް

އިދިކޮޅުގެ އެއްވެސް މީހަކު ވެސް ފަލީހަތް ނުކޮށްވޭތޯ ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް އެ މީހުން ފަތުރާ ދޮގު ވާހަކަތަކާ ގުޅިގެން އެކަން ކުރައްވަންޖެހެނީ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު، އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަލީމް މިހެން ވިދާޅުވީ އޭނާގެ ވެބްސައިޓް އިފްތިތާހުކުރުމަށް މިރޭ ޕީއެންސީ ޖަގަހައިގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ސަލީމް ވާހަކަ ދެއްކެވި އެވެ.

ބުނީ ކީކޭ؟ - ސަލީމް ވިދާޅުވީ މިދިޔަ ސަރުކާރުން ކަންކަން ކޮށްފައިވަނީ ރާވައިގެން ކަމަށާއި އެފަދައިން ކޮށްފައިވާ ކަންކަމުގެ ތަފްސީލުތައް، ތަފްސީލުކޮށް ހާމަކޮށްދިނުމަށް ސަރުކާރާ ޕީއެންސީން ހަވާލުވުމަށް ފަހު އޭނާ ރައީސް އަރިއަހު އެދިވަޑައިގަތް ކަމަށެވެ.

އެކަމަކު މީހުން ފަލީހަތް ކުރެއްވުމުގެ ވިސްނުންފުޅު ރައީސް ނުގެންގުޅުއްވާތީ، އެހާ އަވަހަށް އެކަންކަން ހާމަނުކުރަން ރައީސް ނިންމެވީ ކަމަށް ސަލީމް ވިދާޅުވި އެވެ. ނަމަވެސް ކުރީގެ ސަރުކާރުން އެކަންކަން މި ސަރުކާރުގެ ބޮލުގައި އަޅުވަން ފަށާފައިވާކަން ފާހަގަކުރައްވައި، ސަލީމް ވިދާޅުވީ އެކަމުގެ ތެދުދޮގު އަދި ކަން އޮތް ގޮތް ރައީސް ހާމަކުރަންވަން ފެއްޓެވީ އެހާ ހިސާބުން ކަމަށެވެ.

"މީހުން ފަލީހަތް ނުކުރުމަށް އެމަނިކުފާނު [ރައީސް މުއިއްޒު]ގެ ވިސްނުން ހުރީ. އެމަނިކުފާނަކީ އިލްމުވެރިއެއްގެ ދަރިއެއް، އަނބިކަނބަލުންނަކީ އަޅުގަނޑުމެންގެ މެޑަމްއަކީ އިލްމުވެރިއެއްގެ ދަރިކަނބަލެއް. އެބޭފުޅުން މަސައްކަތްޕުޅު ކުރެއްވީ ވީހާ ވެސް ބޮޑަށް މީހުން ފަލީހަތް ނުކޮށް މިކަން ކުރިއަށް ގެންދެވޭތޯ،" ސަލީމް ވިދާޅުވި އެވެ.

އެއަށް ފަހު ސަލީމް ވަނީ އެކަމަކީ މާތްﷲ ވެސް ނުރުއްސަވާ ސިފައެއް ކަމަށާއި ރަސޫލު ބޭކަލުންގެ ހަޔާތްޕުޅުން ފެނިވަޑައިގެންފައި ވަނީ އެފަދަ މިސާލުތައް ކަމަށެވެ. ނަމަވެސް ވަކި ހާލަތަކަށް ކަންކަން ދިއުމުން އަނިޔާވެރިންގެ ކަންކަން ބޭޒާރު ކުރައްވާނެކަން މާތްﷲ ވަހީކުރައްވާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކަންކަން ރައީސް މިހާރު ހާމަކުރައްވާފައިވާ ކަންކަމަށް ވުރެ ވެސް އިތުރު ކަމަށެވެ. އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބުލިބި ވެރިކަން ބަދަލުވުމާ އެކު ފެށީ ދޮގު ވާހަކަތައް ފަތުރައި ސަރުކާރަށް ޖެއްސުންކޮށް، ސަރުކާރު ވައްޓާލަން ކަމަށް ވެސް ސަލީމް ތުހުމަތުކުރެއްވި އެވެ.

އެކަން ނުވީ އެ ފުރުސަތު މަޖިލީހުގެ ތެރެއިން ސަރުކާރުގެ މެމްބަރުން ނުދެއްވުމުން ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރުގެ ޓިކެޓުގައި މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުން ރައީސް މުއިއްޒުއަށް "ހަރާން ކޯރު ވެގެން ނުވާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ހުންނެވީ ރައީސްއާ އެކު ކަމަށާއިި މަޖިލީހަށް މެޖޯރިޓީ ހޯދުމަށް އަދި ސަރުކާރު ދެމެހެއްޓުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮމެންޓް (4)

ވިސްނާ

6 އޭޕްރީލު 2024
މެމްބަރުން ގަނެލީ ސާފްލާރީގަތޯ.. ދީނުގެ ވާހަކަ ނުދައްކާ ހުރެބަލަ
0 0

ސައްލޫ

6 އޭޕްރީލު 2024
ދަންނަވާލަބަލަ އެމް.އެމް.ޕީ.އާރު.ސީގެ ވައްކަމުގެ ލާރި ނެގި މީހުން ހައްޔަރުނުކުރަނީ ކީއްވެތޯ. ހަމަ އޮއްބާލީތޯ. ޔާމީން އެކަނި އަނިޔާ ދިނުންތޯ އޮތީ.. ނުލިބޭނެ ވޯޓް... ރައްޔިތުންގެ ލާރި ކޭ މީހުން ހައްޔަރުކުރޭ . ފައިސޯ ގޯނި ގެންދިޔަ މީހާ ހޮވަން މުއްޒު ނިކުމެހުރީ. ހުރި ހިތާމައެއް . ކޮބާ ދީނުގައި އޮތް ގޮތަކީ........
0 0

އޭދަފުށި ދަރިއެއް

5 އޭޕްރީލު 2024
4 އަހަރު ރައްޔިތުންނަށް ފިލާއޮވެފަ ދެން ނުނިކުންނާނެކަމަށްބުނެ ކޮންތާކުން ނިކުތީ. ތިޔައުޅެނީ ދުނިޔެ ކާލަންތާ.. މޫދުލޮނުވެސް ވިއްކާލާ. ކޮބާ ޔާމީނުކިޔާގެން އުޅެފަ މިހާރު އޮޅުވާލަނީ. އޭދަފުށީ ގޯތިގޯތި ކިޔަމުން ދުވަނީ.. ކިތައްފަހަރު ފޯމް ލީ... ކަލޭ މޮޔަނުގޮވާތީ.
0 0

ސަސަސ

5 އޭޕްރީލު 2024
ދިވެހި ރައްޔިތުން މިފަހަރު ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓް ދޭއިރު މިކަމަށް ސަމާލުވާށެވެ. ރައީސް މަސައްކަތް ކުރައްވަނީ އިދިކޮޅުގެ އެއްވެސް މީހަކު ވެސް ފަލީހަތް ނުކޮށްވޭތޯއެވެ. އެކަމަކު ފަޟީހަތް ކުރަން މަޖުބޫރުވީއޯލައެވެ. ކޮންމެހެންވެސް މަޖްލީހުގެ ސުޕަރުމެޖޯރިޓީ ބޭނުންވާތީއޯލައެވެ. އެހެންކަމުން މިވަރު ބަޔަކަށް މެޖޯރިޓީ ދީފިނަމަ ކުރަން ރާވާފައޮތް އެއްކަމަކީ ރައީސްގެ ދައުރު 10 އަހަރަށް ބަދަލުކުރުމެވެ. މަޖުލީހުގެ މެޖޯރިޓީ ނެތަސް ސަރުކާރުން ކުރަންބޭނުންވާ ކަންކަންކުރެވޭނެއެވެ. އެކަން މިހާރުވެސް އެދަނީ ފެންނަމުންނެވެ. ފުށިދިއްގަރު ހިއްކަނީކީ މަޖުލީހުގެ ރުހުން ހޯދައިގަނެއްނޫނެވެ. މާލެއަތޮޅުގެ އެތައް ފިނޮޅެއް ދީގެން އުޅެނީ މަޖްލީހުން ރުހުން ދީގެނެއްނޫނެވެ. އެހެންކަމުން މުއިއްޒު މަޖްލިސްގެ މެޖޯރިޓީ ބޭނުންވަނީ ގަދަބާރުން ވެރިކަމުގައި ހުންނަންވެގެންނެވެ. މުއިއްޒުގެ ސަރުކާރުގައި މުޅިންވެސް އައްޔަށްކޮށްފަތިބީ އިލްމެއް ހިލްމެއްނެތް ނާގާބިލުމީހުންނެވެ. ބޭނުމަކީ މުސާރައާއި އެހެނިހެން އިނާޔަތްލިބުނީމާ މުއިއްޒު ބުނާކޮންމެ އެއްޗަކަށް އާބަސްބުނުވަން ފަސޭހަކުރުމަށެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް