މާފަންނުގައި ހަދަމުންދާ އިމާރާތެއްގެ ތިންވަނަ ފަންގިފިލާއަށް ވެއްޓިފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފްފެ ރެސްކިއު ޓީމުން ހަރަކާތްތެރިވަނީ؛ އޭނާ އެތަނަށް ވެއްޓިފައި އޮތީ މާފަންނު ގެއެއްގެ ޓެރެސްމަތިން

ފުލުހުން

ގެއެއްގެ ޓެރެސްމަތިން ވެއްޓިގެން މީހަަކަށް ފަރުވާދެނީ

އެމީހާ ޓެރެސްމަތިން ވެއްޓިފައިވަނީ ޖެހިގެން ހުރި އިމާރާތެއްގެ ތިންވަނަ ފަންގިފިލާގެ ޝީޓު މައްޗަކަށް

ގެއެއްގެ ޓެރެސްމަތިން މިރޭ މީހަކު ވެއްޓި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މާފަންނު އިމާރާތެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް މީހަކު ފެނިގެން އެމްްއެންޑީއެފް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ ވަނީ ދައުރުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތީ އެ އިމާރާތުގެ ޝީޓު މައްޗަށް ބަނޑުވަތަށެވެ. 

ބުނީ ކީކޭ؟ - މިކަމާ ގުޅޭގޮތުން 'ދައުރު' އިން ސުވާލުކުރުމުން ފުލުހުން މިރޭ ބުނީ:

  • މާފަންނު ގެއެއްގެ ޓެރެސް އިން ޖެހިގެން ހުރި، ހަދަމުންދާ އިމާރާތެއްގެ މައްޗަށް އޭނާ ވެއްޓުނީ

  • އޭނާ ވެއްޓިފައި އޮތީ އެ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ޝީޓު މައްޗަށް

  • އެއީ 37 އަހަރުގެ ދިވެހި ފިރިހެނެއް 

އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ބުނި ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ. އަދި އެކަމާ ގުޅޭ އިތުރު މައުުލޫމާތެއް ވެސް ހިއްސާއެއް ނުކުރެ އެވެ. މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ލިބޭގޮތް ނުވާތީ އޭނާގެ ހާލަތު ސާފުވާ ގޮތެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް